ދިރާގު އޮފީސް / ފޭސްބުކް
ހަބަރު
ދިރާގުޕޭ މެދުވެރިކޮށް ވެސް ޒަކާތް ދެއްކޭނެ އިންތިޒާމު ހަމަޖައްސައިފި
Mariyam Isaadha
މަރިޔަމް އިސާދާ
20 މާރިޗު 2025
މާލެ ސިޓީ

ފަސޭހަކަމާއި ރައްކާތެރިކަމާ އެކު ދިރާގު ޕޭ މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކޭނެ ގޮތް ދިރާގުން ހަމަޖައްސައިފިއެވެ.

އެގޮތުން ދިރާގުޕޭ އެޕް ޑައުންލޯޑް ކުރުމަށް ފަހު، ހޯމް ސްކްރީންގައިވާ 'ޑޮނޭޝަންސް'ގެ ދަށުގައިވާ "ފިތުރު ޒަކާތް" ޚިޔާރު ކުރެއްވުމަށް ފަހު ފަސޭހަކަމާ އެކު ފިތުރު ޒަކާތް ދެއްކޭނެ އިންތިޒާމު ދިރާގުން ވަނީ އެ ނެޓްވޯކުގެ ކަސްޓަމަރުންނަށް ހަމަޖައްސާފައެވެ.

ދިރާގު ޕޭގެ އިތުރުން ދިރާގުއެޕް މެދުވެރިކޮށް ވެސް ފިތުރު ޒަކާތް ދެއްކޭނެ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

އެގޮތުން ޕްރިޕެއިޑް ކަސްޓަމަރުން *454#އަށް ޑަޔަލް ކޮށްގެން އެ ކަސްޓަމަރެއްގެ ބެލެންސުން ފިތުރު ޒަކާތް ދެއްކޭނެ އިންތިޒާމު ހަމަޖެހިފައިވާއިރު ދިރާގު މެދުވެރިކޮށް ފިތުރު ޒަކާތް ދައްކާ ފަރާތްތަކަށް ރޯދަ މަހުގެ 30 ވަނަ ދުވަހުގެ ހަވީރު 6އާ ހަމައަށް ފިތުރު ޒަކާތް ދެއްކޭނެ ދޮރުވެސް އެ ކުންފުނިން ވަނީ ހުޅުވާލާފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved