ދިވެހިރާއްޖޭގެ ގާނޫނު ނުދަންނަ އަމުރުތަކާއި ހުކުމްތައްކޮށް އެ ހުކުމްތަކުގެމަތީގައި ރައްޔިތުން ތިބޭނެ ކަމަށް ރާއްޖޭގެ ޖުޑިޝަރީން ދެކޭ ދެކުން ނިމުމަކަށް އަންނަް ޖެހޭ ކަމަށް ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ.ޖަމީލް މިފަދައިން ވިދާޅުވީ ރައީސް ޔާމިންގެ ތާއީދާއެކު ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ކުރިމަތިލައްވަމް ޝައުގުވެރިކަން ފާޅުކުރަައްވާފައިވާ ކެންޑިޑޭޓުންގެ ފޯމްތައް ހުށައެޅުމަސް ފަހު ދެއްވި ޢިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން ޑރ.ޖަމީލް ވިދާޅުވީ، ގާނޫނާއި ޚިލަފަށް ކޮސްފައިވާ ހުކުމް ތަކުގެ މަތީގައި ރައްޔިތުން ތިބޭނެ ކަމަށް ޖުޑިޝަރީން ދެކޭ ދެކުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށެވެ.
ގާނޫނު ނުދަންނަ އަމުރުތަކާއި ހުކުމްތަކުގެ މަތީގައި ތިބޭނެ ކަމަށް ޖުޑިޝަރީން ދެކޭދެކުން ނިމުމަކަށް ގެންނަން ޖެހޭ
މީގެ އިތުރުން ޑރ.ޖަމީލް ވަނީ، ސަރުކާރުން ދެކޭ ގޮތުގައި ސަރުކާރަކީ ހުރިހާ ބާރެއް ލިބިފައިވާ ބައެއްގެ ގޮތުގައި ދެކިލައްވާ ކަމަށްވެސް ވެސް ވިދާޅުވެފައެވެ.
އެގޮތުން ރާއްޖޭގެ ޝަރުއީ ނިޒާމް އެގޮތައް ކަންވުމަށް ތަންނުދޭ ކަމަށް ވިދާޅުވެ ޑރ.ޖަމީލް ވިދާޅުވީ ސަރުކާރަކީ ތިން ބާރުގެ ތެރެއިން ދެބާރަށްވެސް ފާރަވެރިވާން ޖެހޭ ބައެއްް ކަމަށެވެ.
ގާނޫނާއި ޚިލާފަށް ކުރެވޭ ހުކުމްތަކާއި އަމުރުތަކާއި ގުޅޭ ގޮތުން ޑރ.ޖަމީލްގެ އިތުރުން މީގެކުރިން ވެސް ވަނީ އެތައްބަޔަކު ކަންބޮޑުވުން ފާޅުކޮށް ވާހަކަ ދައްކާފައެވެ.