March 20, 2026
Advertisement
ތެލެސީމިއާ ސެންޓަރު އެތެރޭގައި މުޒާހަރާއިގެ ބައިވެރިން
ތެލެސީމިއާ ސެންޓަރު އެތެރޭގައި މުޒާހަރާއިގެ ބައިވެރިން / ފޭސްބުކް

ތެލެސީމިއާ ސެންޓަރުގެ ވެރިން އިސްތިއުފާއަށް ގޮވާ މުޒާހަރާ ކުރަނީ

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Mar 23, 2025, 05:16 AM
މާލެ ސިޓީ

ތެލެސީމިއާއަށް ފަރުވާ ހޯދަމުންދާ ބަލި މީހުންނާއި އެ މީހުންގެ އާއިލާތަކުން މޯލްޑިވްސް ބްލަޑް ސާވިސަސް (އެމްބީއެސް) ގެ ވެރިންގެ އިސްތިއުފާއަށް ގޮވާލައި އެ ތަނުގައި މުޒާހަރާ ކުރަން ފަށައިފި އެވެ.

Advertisement

މުޒާހަރާ ކުރަން ފެށީ ސެންޓަރުގެ މެނޭޖުމަންޓާ އެކު މިރޭ ބޭއްވި ބައްދަލުވުމަށްފަހު އެއްވެސް ކަމަކަށް ހައްލެއް ނުލިބުމުން ކަމަށް އެ ސަރައްދުގައި އަޑު އުފުލާ މީހުން އަންނަނީ ބުންޏެވެ.

މުޒާހަރާގެ ކުރިން ބައެއް މީހުން ވަނީ އެމީހުންގެ ކަންބޮޑުވުންތައް ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށްފަ އެވެ.

އެމްބީއެސްގައި ހުރި މައްސަލަތަކާ ގުޅޭގޮތުން ބައެއް މީހުންނާ އެކު އެ ތަނުގެ މެނޭޖުމަންޓުން މިރޭ މަޝްވަރާކުރި ކަމަށް ވެސް ވެއެވެ. ނަމަވެސް އެންމެ ބޮޑަށް ކަންބޮޑުން ފާޅުކުރި މީހުންނަށް އެ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު ނުދޭ ކަމަށް ވެސް ހިޔާލުފާޅުކުރި ބައެއް މީހުން ބުނެ އެވެ.

މި މައްސަަލައިގައި ހެލްތު މިނިސްޓްރީންނާއި، އެމްބީއެސްއިން އަދި ރަސްމީ ބަހެއް ނުބުނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved