March 20, 2026
Advertisement
ޑިފެންސް މިނިސްޓަރުކަމުގެ ފަތްކޮޅާ ޣައްސާން ހަވާލުވެލައްވަނީ.
ޑިފެންސް މިނިސްޓަރުކަމުގެ ފަތްކޮޅާ ޣައްސާން ހަވާލުވެލައްވަނީ. / ރައީސް އޮފިސް

މަސްދޯނިތަކަށް އިންޑިއާ ސިފައިން އެރި މައްސަލަ 241 ކޮމިޓީއިން ބަލަނީ

Aishath Naja
އައިޝަތު ނަޖާ
Feb 14, 2024, 07:26 PM
މާލެ ސިޓީ

ދިވެހިރާއްޖޭގެ އިގުތިސާދީ ސަރަހައްދުގައި މަސްވެރިކަަން ކުރި، ދިވެހި މަސްްދޯނިތަކަށް އިންޑިއާ ސިފައިން ހަތިޔާރާ އެކު އެރި މައްސަލާގައި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނު ހާޒިރުކުރަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އިން ނިންމައިފި އެވެ.

Advertisement

މަޖިލީހުގެ 241 ކޮމިޓީއަކީ ގާނޫނު އަސާސީގެ 241 ވަނަ މާއްދާއިން ބާރުދީފައިވާ ކޮމިޓީއެއްކަން ފާހަގަކޮށްލެވެއެވެ.

އެ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ނިންމީ މަސްދޯނިތަކަށް އިންޑިއާ ސިފައިން އެރި މައްސަލާގައި ކަންހިނގާފައިވާ ގޮތް އޮޅުންފިލުވުމަށްޓަކައި ޑިފެންސް މިނިސްޓަރު ހާޒިރުކޮށް ސުވާލު ކުރުމަށެވެ.

ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުގައި އުޅުނު މަސްދޯނިތަކަކަށް އިންޑިއާ ސިފައިން އެރީ ޖެނުއަރީ 31، އަދި ފެބްރުއަރީ 1، ގައެވެ.

އިންޑިއާ ސިފައިން އެރީ އަސުރުމާ-3، ނިރު-7 އަދި މާހޯރަ-3 ނަމަކަށް ކިޔާ ދޯނިތަކަކަށްށެވެ! އެ ދޯނިތަކަށް އެރުމަށްފަހު ބަލައި ފާސްކޮށް، މަސްވެރިންނަށް ވަކި ގޮތަކަށް އަމަލު ކުރުމަށް ސިފައިން ވަނީ އަމުރުކޮށްފަ އެވެ.

މިކަމާ ގުޅިގެން އެކަމުގައި ޖަވާބުދާރީވާން ރާއްޖޭން އެދުނު ނަމަވެސް އިންޑިއާއިން އަދި ޖަވާބެއް ދީފައިނުވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved