
ދައުލަތުގެ ބަޖެޓު ރައީސް ޑރ މުހައްމަދު މުއިއްޒުގެ ކޮންޓްރޯލްގެ ދަށަށް ގެނެސް ކުރައްވަން އުޅުއްވަނީ ވައްކަންކަމަށް ޕީޕަލްސް ނޭޝަނަލް ފްރަންޓް ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ތުހުމަތު ކުރައްވާފިއެވެ.
މަލީހު މިފދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މަލީހު މިފަދައިން ޕޯސްޓެއް ކުރައްވާފައިވަނީ 21 މިލިއަން ޑޮލަރުގެ ސެޓްލްމަންޓް އެއްބަސްވުމަކަށް ދިޔުމުން ސީއެމްސީން އާބިޓްރޭޝަނަށް ނުދާން ނިންމިކަމަށް ރިޕޯޓު ކުރި ހަބަރެއްގެ ސްކްރީންޝޮޓެއް ހިއްސާ ކުރައްވައެވެ.
ބަޖެޓް ވަގުތުން ހުއްޓުމަކަށް ގެނެސް ރައީސް މުއިއްޒުގެ އަތުން ބަޖެޓު ނަގަން މަޖިލިސް މެމްބަރުން ފާސް ކުރުމަށް މަލީހުވަނީ ގޮވާލައްވާފައެވެ.
އެގޮތުން އެންމެ ފަސޭހައިން ފައިސާ ހޯދޭނެ ގޮތަކީ ބިން ހިއްކައިގެންކަމަށް މަލީހުވަނީ ފާހަގަ ކުރައްވާފައެވެ.
އަދި މިއަދު ރައީސް މުއިއްޒު މަސައްކަތް ކުރައްވަނީ ދައުލަތުގެ ބަޖެޓް ރައީސް މުއިއްޒުގެ ކޮންޓްރޯލްގެ ދަށަށް ގެނެސް ވައްކަން ކުރަަންކަމަށް މަލީހު ތުހުމަތު ކުރެއްވިއެވެ.
އެގޮތުން ރައީސް ޖަވާބުދާރީ ކުރުމަށް ރައްޔިތުންގެ މަޖިލީހަށް އޭނާ ގޮވާލެއްވިއެވެ.










