March 20, 2026
Advertisement
ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމުގައި އައްޔަނުކުރީ ދ. މީދޫ އާދަމް ނަސީރު
ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމުގައި އައްޔަނުކުރީ ދ. މީދޫ އާދަމް ނަސީރު / އަދަދު

ފަޅު ރަށެއް ބަލަހައްޓަން ވެސް ޑެޕިއުޓީ މިނިސްޓަރެއް!

Mar 23, 2025, 09:40 PM
މާލެ ސިޓީ

ސަރުކާރުގެ ކަރަދުތައް އިންތިހާއަށް ބޮޑުވެ ޚަރަދުތައް ފޫނުބެއްދިގެން އުޅޭ ދަނޑިވަޅެއްގައި، ފަޅު ރަށެއް ބަލަހައްޓަން ޑެޕިއުޓީ މިނިސްޓަރަކު އައްޔަންކޮށްފިއެވެ.

Advertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި ޑެޕިއުޓީ މިނިސްޓަރަކު އައްޔަންކޮށްފައިވަނީ ދ. މީދޫ ރައްޔިތުން ދަތުރުދާނެ ރަށެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒު ކަނޑައެޅުއްވި އެ އަތޮޅު އުއްދޫ ބެލެހެއްޓުމަށެވެ.

އެގޮތުން އުއްދޫ ބަލަަހައްޓަން ސިޓިސް އެންޑް ލޯކަލް ގަވަންމަންޓު މިނިސްޓްރީއަށް ޑެޕިއުޓި މިނިސްޓަރެއްގެ ގޮތުގައި އައްޔަންކޮށްފައިވަނީ ދ. މީދޫ އާދަމް ނަސީރުއެވެ. އޭނާގެ މުސާރައަކީ -/31،500ރ. އެވެ.

ރަށް ބަލަހައްޓަން ޑެޕިއުޓީ މިނިސްޓަރެއްގެ ގޮތުގައި އޭނާ އައްޔަންކުރިކަން މީޑިޔާތަކަށް ކަށަވަރުކޮށްދެއްވާ އޭނާ ހާމަކުރި ގޮތުގައި ޒިންމާ އަކީ ރަށް ސާފުތާހިރުކޮށް ބެލެހެއްޓުން ކަމަށެވެ.

ރައީސް މުއިއްޒުގެ ސަރުކާރުގެ ޚަރަދުތައް އިންތިހާއަށް ބޮޑުވެ ޚަރަދުތައް ކުޑަކުރުމަށް އައިއެމްއެފުންވެސް އަންގާފައިވާއިރު ރައީސް މުއިއްޒު ވަނީ މީގެ ކުރިނ 248 ސިޔާސީ މީހުން ވަޒީފާއިން ވަކިކޮށްފައިކަމަށް ކުރިން ރައީސް އޮފީހުން ހާމަކޮށްފައިވެއެވެ. ނަމަވެސް އޭގެ ފަހުންވެސް އެތައް ސިޔާސީ މަގާމުތައް ސިއްރިއްޔާތުގައި ރައީސް މުއިއްޒު މީހުން އައްޔަންކޮށް މި ސަރުކާރުގެ ސިޔާސީ މަގާމުތައް 7000 އަށް ވުރެ މައްޗަށް ގޮސްފައިވާ ކަމަށްވެއެވެ.

ނަމަވެސް މި ސަރުކާރަކީ 700 އަށް ވުރެ ސިޔާސީ މަގާމުތައް ގިން ނުކުރާނެ ކަމަށް ބުނެ އައި ސަރުކާރެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved