March 14, 2026
Advertisement
ހުކުމް ތަންފީޒު ކުރަމުންދިޔަ ޒުވާނަކު މަރުވެއްޖެ
ހުކުމް ތަންފީޒު ކުރަމުންދިޔަ ޒުވާނަކު މަރުވެއްޖެ / ފޭސްބުކް

ހުކުމް ތަންފީޒު ކުރަމުންދިޔަ ޒުވާނަކު މަރުވެއްޖެ

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Mar 24, 2025, 02:23 AM
މާލެ ސިޓީ

ކަރެކްޝަންސް އިން ބުނީ މިއަދު ހަވީރު މަރުވީ ސ. މަރަދޫ، ފޯ ފްލާވާ، އިބްރާޙިމް ޝަމްވީލް، 23 އެވެ.

Advertisement

އޭނާ ބަންދުކޮށްފައި ހުންނަ ގޮޅީގައި ދަންޖެހިފައި ހުއްޓާ ފެނުނީ މިއަދު ހަވީރު 4:20 ހާއިރު އެވެ.

އަދި 4:55 ގައި ޝަމްވީލް މަރުވެފައިވާ ކަމަށް ޑޮކްޓަރު ކަނޑައަޅާފައިވާ ކަމަށް ކަރެކްޝަންސް އިން ބުނެ އެވެ.

ޝަމްވީލް އަކީ މީހެއްގެ ފުރާނައަށް ގެއްލުމެއް ދީފާނެކަމުގެ ބިރުދައްކާ އެފަ ދަކަމެއް ކޮށްފާނެ ކަމުގެ ކުށުގައި އެއް އަހަރާއި 6 މަސް ދުވަހުގެ ހުކުމެއް ތަންފީޒު ކުރަމުންދިޔަ މީހެކެވެ.

ޝަމްވީލް މަރުވުމާ ގުޅިގެން ކަރެކްޝަންސް އިން ވަނީ އެކަން ފުލުހުންނަށާއި އޭނާގެ ޢާއިލާއަށާއި އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް އަންގާފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved