

އަމިއްލަ ފްލެޓެއް ބައްލަވާގަތް ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އެއްބަސް ވެއްޖެ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޕޯސްޓުތަކުގައި ބުނާ ގޮތުން ފަހުމީ ފްލެޓް ބައްލަވައިގަތީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމާ ހަވާލުވުމަށްފަހު 8.5 މިލިއަން ރުފިޔާއަށްކަމަށެވެ.
ނަމަވެސް އެ ވާހަކަ ދޮގުކޮށް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމާ ހަވާލުވުމަށްފަހު އޭނާ 8.5 މިލިއަން ރުފިޔާއަށް ފްލެޓެއް ގަތްކަމަށް ބުނެ، ބައެއް ފަރާތްތަކުން އޭނާގެ އަބުރަށް އަރައިގަނެ، ސިޔާސީ މަގުސަދެއް ހާސިލުކުރުމަށް ހަގީގަތާ ހިލާފު، އަސާސެއްނެތް ދޮގު ވާހަކަތައް ފަތުރަމުންދާ ކަމަށެވެ.
މި ދޮގު ވާހަކަ ފަތުރާ ފަރާތްތަކުން އިޝާރާތްކުރާ ފްލެޓަކީ، މީގެ އަހަރުތަކެއް ކުރިން އަޅުގަނޑު ގަނެ، ފައިސާ ދައްކަމުން އައިސްފައިވާ ފްލެޓެއް،
ސިޔާސީ މަގުސަދެއް ހާސިލުކުރުމަށް ނަމަވެސް، މީހުންގެ އަބުރަށް ހުތުރުވާފަދަ، މިފަދަ ދޮގު ވާހަކަތައް އުފައްދައި ފަތުރަމުންދާ ފަރާތްތަކުން މިކަން ވަގުތުން ހުއްޓާލުމަށް ފަހުމީ ވަނީ ގޮވާލައްވާފަ އެވެ.