ނުފޫޒު ފޯރުވުން ހުއްޓާލުމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަލަށް އުފައްދަވާ ޕާޓީ ޕީއެންއެފް އުފެއްދެވުުގައި އިސްކޮށް ހަރަކާތްތެރިވާ މުހައްމަދު މަލީހު ޖަމާލް ގޮވާލައިފިއެވެ.
މަލީހު މިފަދައިން ގޮވާލާފައިވަނީ ރައްޔިތުން މަޖިލިސް އިނތިހާބަށް ޕިއެންއެފް ގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓުންގެ ފޯމުތައް އިލެކްޝަން ކޮމިޝަނަށް ހުށައެޅުމަށް ފަހު މީޑިއާ ތަކަށް ދެއްވި ބަސްތީ ގަތުމެއްގައެވެ.
މަލީހު ވިދާޅުވީ މި ސަރުކާރުން ވަޒީފާގެ ބިރުދައްގާ މީޑިއާތަކޔގެ ނަހަމަ ބޭނުން ކޮށްގެން އިންތިހާބުތަކަށް ނުފޫޒު ފޯރުވަމުން ދާކަމަށާއި މިފަދަ ހުރިހާ ނުފޫޒެއް ވަގުތުން ވަގުތައް ހުއްޓާލުމަށް ގޮވާލާކަމަށެވެ.
މި އިންތިހާބަކީ މިނިވަން އިންސާފުވެރި ބައިނަލްއަގްވާމީ ފަރާއްތަކަށް ވެސް ބަލައިގަނެވޭނެ އިންތިހާބަކަށް ހަދައިދިނުމަށް ވެސް މަލީހު ވަނީ ގޮވާލާފައެވެ.
ސީދާ ވަޒީފާގެ ބިރު ދައްކާ ދައުލަތުގެ މީޑިއާގެ ނަހަމަ ބޭނުން ކޮށް މި އިންތިހާބަށް ނުފޫޒު ފޯރުވަމުން އެބަދޭ. އަޅުގަނޑުމެން މިއަދު ގޮވާލަން ދިވެހި ސަރުކާރަށް މިފަދަ ހުރިހާ ނުފޫޒެއް ވަގުތުން ވަގުތަށް ހުއްޓާލާ މި އިންތިހާބަކީ މިނިވަން އިންސާފުވެރި ބައިނަލްއަގްވާމީ ފަރާއްތަކަށް ވެސް ބަލައިގެނެވޭ ފަދަ އިންތިހާބަކަށް ވުމަށް މަގުފަހި ކޮށްދޭށޭ
މީގެ އިތުރުން މަލީހު ވިދާޅުވީ ޕީއެންއެފްގެ އުފެއްދުމުގެ ގޮތުން ފޯމުތައް ހުށައެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެން ކުރިއަށް ދާނެ ކަމަށެވެ.
އިންތިހާބު ފެށިގެން އަންނަ އިރު އުންމީދަކީ ޕީއެންއެފް ރަޖިސްޓްރީ ވެފައި އޮތުން ކަމަށް މަލީހު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން މަލީހު ވިދާޅުވީ ރައްޔިތުން މަޖިލިހުން އޮތީ އިންތިހާބު ފަސްކުރުމަށް ގޮވާލައިފަ ކަމަށާއި އެހެންކަމުން ކެންޑިޑޭޓުން ފޯމު ހުށެއެޅުމުގެ މުއްދަތު އިތުރު ކޮށްދިނުމަށް ގޮވާލާ ކަމަށެވެ.