theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
ޑރ.މުހައްމަދު ޖަމީލް އަހްމަދު / ތޭރަ އޮންލައިން
ހަބަރު
ރައްޔިތުންނަށް ދެއްވި މޯގޭޖްއަކީ ރައީސް ޔާމީން: ޑރ ޖަމީލް
Aminath Raudha
ައަމިނަތު ރައުދާ
14 ފެބްރުއަރީ 2024
މާލެ ސިޓީ

ރިޔާސީ އިންތިހާބުގައި ރައްޔިތުންނަށް ދެއްވި މޯގޭޖްއަކީ ރައީސް ޔާމީން ކަމަށް ޑރ ޖަމީލް ވިދާޅުވެއްޖެއެވެ.

ޑރ ޖަމީލް މިފަދައިން ވިދާޅުވެފައިވަނީ ވީކެންޑް ވިތް ޑރ ޖަމީލް ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޑރ.ޖަމީލް ވިދާޅުވީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި ރައްޔިތުން ކައިރިއަށް ވޯޓު ހޯދުމަށް ދިޔައީ ރައީސް ޔާމީން މިނިވަންކުރާނެ ކަމަށް ވިދާޅުވެ، ރައީސް ޔާމީން އެސެޓެއްގެ ގޮތުގައި ބޭނުން ކުރައްވައިގެންކަމަށެވެ.

އެގޮތަށް ނިންމެވުމަށްފަހު ރައްޔިތުންގެ އަރިހަށް ވަޑައިގެން މޯގޭޖްކުރެއްވި އެސެޓަކީ ރައީސް ޔާމީން ކަމަށް ވިދާޅުވިއެވެ.

"..... އެއަށްފަހުގައި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކަށް ވަޑައިގެން އިރުގަ މައިގަނޑު ގޮތެއްގަ ރަހުނު ކުރެއްވި، މޮގޭޖް ކުރެއްވި،ރައްޔިތުންގެ އަތަށް ދެއްވި ސެކިއުރިޓީ ވައުދަކީ، ރައީސް ޔާމީން. ރައީސް ޔާމީންގެ މިނިވަންކަން. އެކަން ކުރައްވާނެކަން."

- ޑރ. މުހައްމަދު ޖަމީލް އަހްމަދު

އިތުރަށް ޑރ.ޖަމީލް ވިދާޅުވީ މިހާރުގެ ހާލަތު އޮތީ އޭރު އެމްޑީޕީގެ ސަރުކާރުގައިވެސް ހާލަތު އޮތްގޮތަށް ކަމަށެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved