March 19, 2026
Advertisement
ޑރ ޖަމީލް، ޕީއެންއެފް ޖަލްސާއެއްގައި ވާހަކަދައްކަވަނީ
ޑރ ޖަމީލް، ޕީއެންއެފް ޖަލްސާއެއްގައި ވާހަކަދައްކަވަނީ / ތޭރަ އޮންލައިން

ޓެކްސް ޕޭޔަރުންގެ މުސާރައިގައި މަސައްކަތަށް ނާގާބިލު މީހުން ގެންގުޅުމަކީ ކްރޯނިޒަމް: ޑރ ޖަމީލް

Hussain Nawaf
ހުސައިން ނަވާފް
Mar 27, 2025, 08:58 PM

ޓެކްސްޕޭޔަރުންގެ މުސާރައިގައި މަސައްކަތަށް ނާގާބިލު މީހުން ގެންގުޅުމަކީ ކްރޯނިޒަމްކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

Advertisement

ޑރ ޖަމީލް މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން މިއަދު އެ ވާހަކަތައް ދައްކަން ޖެހެނީ ވަކި މީހަކަށް ވާތީ ނޫންކަން ފާހަގަކޮށް، ދައްކަނީ މިނިސްޓަރު ޑރ އަލީ ހައިދަރު އަހްމަދަށް ހިދުމަތް ނުދެވޭ ވާހަކަކަމަށް ޑރ ޖަމީލް ފާހަގަ ކުރެއްވިއެވެ.

އެގޮތުން މިނިސްޓަރު ހައިދަރު ހައުސިންގ ދާއިރާއިން ކިޔަވައިވަޑައިގަން ނަމަވެސް އެ ތަނުގައި ޕާފޯމް ނުކުރެވުނުކަމަށް ޑރ ޖަމީލް ފާހަގަ ކުރެއްވިއެވެ. އަދި ހަފްތާ ނިމުނު އިރު ފްލެޓު ލިސްޓް މަޝްހޫރުވެ ދެން ފެނުނީ ފްލެޓް ލިސްޓްގައި މިނިސްޓަރުގެ ނަން އޮތްތަންކަމަށް ފާހަގަ ކުރެއްވިއެވެ.

ހަމައެހެންމެ އެކަމާއި ގުޅިގެން މިނިސްޓަރު ހައިދަރުގެ މަގާމު ބަދަލުކޮށް މަތީ ތަޢުލީމާއި ބެހޭ ވުޒާރާގެ މިނިސްޓަރުގެ މަގާމަށް އައްޔަން ކުރައްވާފަވެއެވެ.

އެގޮތުން މިއަދު މަތީ ތަޢްލީމު ޙާޞިލް ކުރާ ކުދިން މިޖެހުނީ ހައިދަރުގެ ނާގާބިލުކަން ތަޙައްމަލު ކުރަންކަމަށް ޑރ ޖަމީލް ފާހަގަ ކުރެއްވިއެވެ.

އަދި ޓެކްސްޕޭޔަރުންގެ މުސާރައިގައި ކަމަށް ނާގާބިލު މީހުން ގެންގުޅުމަކީ ކްރޯނިޒަމް ކަމާއި ރިޒުގް ހޯދަން އެފަދަ ގޮތަކަށް އުޅުއްވުން ޙަލާލެއް ނުވާނެކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved