

އެމްޑީޕީގެ އެކްޓިވިސްޓު، މަރިޔަމް ޒުބައިރު (މަންދީ) ގެ ގަޔަށް ކަޅުތެޔޮ ޖެހި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ ކަޅުތެޔޮ ޖެހި މައްސަލާގައި މީހަކު ހައްޔަރު ކުރީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. މަރިޔަމް ޒުބައިރުގެ ގަޔަށް ކަޅުތެޔޮ ޖެހީ މި މަހުގެ 16 ވަނަ ދުވަހުގެ ރެ އެވެ.
ފުލުހުން ބުނީ ކަލާފާނު ހިނގުމުން ސައިކަލެއްގައި ދުއްވާފައި ދިޔަ މީހެއްގެ ގަޔަށް އެހެން ސައިކަލެއްގައި ދިޔަ ދެ މީހަކު ކަޅުތެޔޮ ޖެހި މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެއީ ގއ. ދާންދޫ، ސަންލައިޓްވިލާ، އަހްމަދު ރިޝްމާހް, 20 އެވެ.
އޭނާ ހައްޔަރުކުރީ މުދަލަށް ގެންލުން ދިނުމާއި ބިރު ދެއްކުމުގެ މައްސަލައިގަ އެވެ. ސައިކަލު ދުއްވި ކަމަށް އޭނާ އިންކާރު ނުކުރާއިރު ކަޅުތެޔޮ ޖެހި މީހާގެ މައުލޫމާތު އޭނާ ހިއްސާކޮށްފައިވާ ކަމަށް ވެސް އަމުރުގައިވެ އެވެ.
މިދިޔަ ބުރާސްފަތު ދުވަހު އޭނާ ހައްޔަރު ކޮށްފައި ވާއިރު ކޯޓުން ވަނީ އޭނާއަށް 15 ދުވަސް ޖަހައިފަ އެވެ.