March 10, 2026
Advertisement
ދިރާގުން ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން
ދިރާގުން ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން / ދިރާގު

ދިރާގު އީދު ސައި އަދި އީދު ހަދިޔާއަށް ބޮޑު ތަރުހީބެއް

Hussain Nawaf
ހުސައިން ނަވާފް
Mar 31, 2025, 08:22 PM

ދިރާގުން ފިތުރު އީދުގެ މުނާސަބަތުގައި އިއްޔެ ހެނދުނު ކުރިއަށް ގެންދިޔަ ދިރާގު އީދު ސައި އަދި ދިރާގު އީދު ހަދިޔާ އަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.

Advertisement

މި ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ މާލެ އާޓިފިޝަލް ބީޗް އަދި ހުޅުމާލެ ސިންތެޓިކް ޓްރެކްގަ އެވެ. ގިނަ އަދަދެއްގެ މީހުން ވަނީ މާލެ އަދި ހުޅުމާލެ އިން މި އިވެންޓްގައި ބައިވެރިވެފަ އެވެ.

މީގެ އިތުރުން އެހެން އަހަރުތަކެކޭވެސް އެއްފަދައިން ދިރާގުން ވަނީ އީދު ނަމާދަށްފަހު ކުޑަކުދިންނަށް އީދު ހަދިޔާ ބަހާފަ އެވެ.

މި ގޮތުން މާލެ އާއި ހުޅުމާލޭގެ އިތުރުން ރާއްޖޭގެ ހަތް އަތޮޅެއްގައި ދިރާގުން ވަނީ މި ހަރަކާތް ކުރިއަށް ގެންގޮސްފަ އެވެ،

އެއީ ކުޅުދުއްފުށި ސިޓީ، އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ތިނަދޫ ސިޓީ، ލ. ގަން، ބ. އޭދަފުށި އަދި އދ. ދަނގެތި އެވެ.

ދިރާގުން ދަނީ ތަފާތު ގިނަ އިޖުތިމާއީ ހަރަކާތްތައް އާންމުންނާއި ހަމައަށް ގެނެސްދީ މުޖުތަމައުގެ ތެރޭގައި އެކަކު އަނެކަކާ އޮތް ގުޅުން ވަރުގަދަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved