20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ ޕީޕީއެމްގެ ނަމުގައި ވާދަ ކުރުމުގެ ފުރުސަތު ކެންޑިޑޭޓުންނަށް ނުދިނުމުން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފާޑުވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިަނީ ޕީއެންއެފްގެ ފަރާތުން މަޖިލިސް އިންތިޚާބަށް ވާދަކުރެއްވާ ކެންޑިޑޭޓުންނަށް ޚާއްސަކުރެވިގެން ސިލްސިލާ ގޮތެއްގައި ބޭއްވޭ ޖަލްސާތަކުގެ ތެރެއިން އަންގާރަ ދުވަހުގެ ރޭ ބޭއްވުނު ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ ޕީޕީއެމްގެ ނަމުގައި ވާދަ ކުރުމުގެ ފުރުސަތު ގަސްދުގައި ނުދިނީ ކަމަށެވެ. އޭގެ ސަބަބުން ޕީއެންސީގެ ވެރިންގެ އިތުބާރު ގެއްލިފައިވާ ކަމަށް ވެސް ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު ފުރަތަމަ ބުނަމުން އައީ ޕީޕީއެމްގެ އެއްވެސް މެންބަރަކު ޕީއެންސީއަށް ގެންނާކަށެއް އަޅުގަނޑުމެން މަސައްކަތް ނުކުރާނަމޭ. އެއީ އަޅުގަނޑު އެހާ ވަރަށް އެކަމާ ވަކާލާތު ކުރީމަ އެކަމާ ދެކޮޅު ހެދީމަ. ދެން ފަހުން ފެނިގެންދިޔައީ ބައެއް ދާއިރާތަކުގެ ރަށު ކައުންސިލް ސްޓިއަރިން ކޮމިޓީއާއެކީ ޕީޕީއެމުން ޕީއެންސީއަށް ބަދަލުކޮށްލިތަން. ދެން މި ހިސާބުން ޕީއެންސީން އެ ދެއްކެވި ވާހަކައިގެ އެއްވެސް އިހުލާސްތެރިކަމެއް ނެތް ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެނީ
ރައީސް ޔާމީން ވަނީ ޕީޕީއެމްގެ ފަރާތުން ވާދަކުރެއްވުމަށް އެއްވެސް ފަރާތަކަށް ފުރުސަތު ނުދިނުމުން އެ ކޯލިޝަނަށް ފާޑު ކިޔުން އަމާޒުކޮށްފައެވެ.
އިތުރަށް އެމަނިކުފާނު ވަނީ ވާހަކައިގައި ޕީޕީއެމްގެ ފިކުރަކީ ޕީއެންސީގެ ފިކުރު ނޫންކަމަށްވެސް ވިދާޅުވެފައެވެ.