March 20, 2026
Advertisement
ހޯރަފުށި ހެލްތު ސެންޓަރުން ވަނީ 9 މަހުގައި ޖަހަން ޖެހޭ ވެކްސިންގެ ބަދަލުގައި 18 މަހުގައި ޖަހަން ޖެހޭ ވެކްސިނެއް ކުއްޖެއްގެ ގަޔަށް ޖަހާފައި
ހޯރަފުށި ހެލްތު ސެންޓަރުން ވަނީ 9 މަހުގައި ޖަހަން ޖެހޭ ވެކްސިންގެ ބަދަލުގައި 18 މަހުގައި ޖަހަން ޖެހޭ ވެކްސިނެއް ކުއްޖެއްގެ ގަޔަށް ޖަހާފައި / ސޯޝަލް މީޑިއާ

ހޯރަފުށީ ސިއްހީ މަރުކަޒުން ކުޑަ ކުއްޖަކަށް ނުބައި ވެކްސިނެއް ދިން މައްސަލައެއް ފެންމަތިވެއްޖެ

Mariyam Isaadha
މަރިޔަމް އިސާދާ
Apr 1, 2025, 11:16 PM
މާލެ ސިޓީ

ހޯރަފުށީ ސިއްހީ މަރުކަޒުން ކުޑަ ކުއްޖަކަށް ނުބައި ވެކްސިނެއް ދިން މައްސަލައެއް ފެންމަތިވެއްޖެއެވެ.

Advertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި ފެންމަތިވެގެން އުޅޭ މައްސަލައަކީ 9 މަހުގެ ކުޑަ ކުއްޖެއްގެ ގަޔަށް 18 މަހުގައި ޖަހަން ޖެހޭ ވެކްސިން އެއް ޖެހި މައްސަލައެކެވެ. މިކަމާ ގުޅިގެން މައުލޫމާތު ހޯދާލުމުން ލިބުނު މައުލޫމާތުތަކުގެ ތެރޭގައި، ތުއްތު ކުއްޖާއަށް ވެކްސިން ދިނުމަށް ހޯރަފުށި ސިއްހީ މަރުކަޒަށް ގެންގޮސްފައިވަނީ މާރޗް މަހުގެ 10 ވަނަ ދުވަހުއެވެ. އެ ދުވަހު ތުއްތު ކުއްޖާ މަރުކަޒަށް ގެންދިޔައީ 9 މަހުގައި ދޭން ޖެހޭ ވެކްސިން ޖެހުމަށް ކަމަށްވެސް ވެއެވެ.

ފެންމަތިވެގެން އުޅޭ މައްސަލައަކީ 9 މަހުގައި ޖަހަން ޖެހޭ ވެކްސިންގެ ބަދަލުގައި ކުއްޖާގެ ގަޔަށް 18 މަހުގައި ޖަހަން ޖެހޭ ވެކްސިން ޖެހި މައްސަލައެވެ. އެގޮތުން ހޯރަފުށީ ސިއްހީ މަރުކަޒުން ވަނީ 9 މަހުގައި ކުއްޖާ ގަޔަށް ޖަހަން ޖެހޭ އެމްއާރު ވެކްސިންގެ ބަދަލުގައި 18 މަހުގައި ކުއްޖާ ގަޔަށް ޖަހަން ޖެހޭ އެމްއެމްއާރު ވެކްސިން ޖަހާފައެވެ.

އޭގެ ސަބަބުން ކުއްޖާއަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށް މައުލުމާތު ލިބިފައިވާކަމަށް ވެއެވެ.

ހޯރަފުށި ސިއްހީ މަރުކަޒުން މިހާރު ކުއްޖާގެ ބެލެނިވެރިންނާ ބައްދަލުކޮށްފައިވާކަމަށް ވެސް މައުލުމާތު ލިބިފައިވެއެވެ. އަދި އެކަމުގައި ދެން އަމަލުލުރަން ޖެހޭ ގޮތުގެ ލަފާ ސިއްހީ ވުޒާރާ އަދި ކުޑަކުދިންގެ ޑޮކްޓަރުން މެދުކޮށް ހޯދާފައިވާ ކަމަށް ވެސް ވެއެވެ.

ހޯރަފުށި ސިއްހީ މަރުކަޒުގް އިހުމާލު މީގެ ކުރިންވެސް މިފަދަ އެހެން ހާދިސާތައް ހިނގާފައިވާއިރު މިއިން އެއްވެސް ފަހަރަކު އަދި މި ފަހަރުވެސް އެކަމުގައި ޒިންމާވާން ޖެހޭ ފަރާތްތަކާ މެދު ފިޔަވަޅު އަޅާފައިނުވާ ކަމަށް ވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved