February 27, 2026
Advertisement
ފުވަމުލަކުގައި ބޭއްވި ގުޑި ފެސްޓްގެ ތެރެއިން
ފުވަމުލަކުގައި ބޭއްވި ގުޑި ފެސްޓްގެ ތެރެއިން / ދިރާގު

އާންމުންގެ ބޮޑު ތަރުހީބެއް ލިބުނު ދިރާގުގެ ގުޑިފެސްޓް ފުވަމުލަކުގައި ބާއްވައިފި

Hussain Nawaf
ހުސައިން ނަވާފް
Apr 2, 2025, 09:33 PM

އާންމުންގެ ބޮޑު ތަރުހީބެއް ލިބުނު ދިރާގުގެ ގުޑިފެސްޓް ފުވަމުލަކުގައި ބާއްވަައިފި އެވެ.

Advertisement

އެގޮތުން ގުޑި ފެސްޓްގައި ގުޑި އެފުވުމުގައި ވަރަށް ގިނަ އަދަދެއްގެ މީހުން ބައިވެރިވި އިރު މި ހަރަކާތް ކުރިއަށް ދިޔައީ ހޯމަ ދުވަހު ހަވީރު 4:30 އިން 5:30 އަށް ރަށުގެ ހުޅަނގުދަރާތު ތުނޑީގައެވެ.

ހުރިހާ އުމުރުފުރާއެއްގެ ކުދިންނަށް ވެސް ބައިވެރިވެވޭ ގޮތައް ކުރިއަށްގެންދާ އެ ހަރަކާތުގައި ބައިވެރިވާ ކޮންމެ ކުއްޖަކަށް ވެސް ދިރާގުގެ ފަރާތުން ގުޑިއެއް މުޅިން ހިލޭ ލިބިގެންދާނެ އެވެ.

ގުޑި ފެސްޓްގެ ތެރެއިން
ގުޑި ފެސްޓްގެ ތެރެއިން

ދިރާގު ގުޑިފެސްޓްއަކީ ރޯދަ މަހު ދިވެހީންގެ މެދުގައި އޮންނަ ޒަމާންވީ ސަގާފީ އާދަކާދައެއް ކަމުގައިވާ ގުޑި އެރުވުމަށް ގިނަ ކުދިން އަހުލުވެރި ކުރުވުމުގެ ގޮތުން 2023 ވަނަ އަހަރު އެ ކުންފުނިން ފެށި ހަރަކާތެކެވެ.

މި ރޯދަ މަހުގެ ފުރަތަމަ ގުޑިފެސްޓް މިދިޔަ ހޮނިހިރު ދުވަހު މާލޭ އުސްފަސްގަނޑުގައި ބޭއްވިއިރު، އެ ހަރަކާތަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބުނެވެ.

ދިރާގުން އަންނަނީ ރޯދަ މަހާ ގުޅުވައިގެން އާންމުންނަށް ތަފާތު ހަރަކާތްތަކާއި އަގުހުރި އޮފާތައް ގެނެސްދެމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved