

މިއަދު ރާއްޖޭގެ ވެރިކަމުގެ ދަރުބާރުން ރައްޔިތުންނަށް ދޮގުހަދާ އޮޅުވާލާކަމުގެ އަޑުތައް ވަރަށް ގިނަ އެވެ. ސަރުކާރުގެ ވެރިން ދިވެހިންނަށް އޮޅުވާލުމާއި މަކަރު ހެދުމުގައި ހައްދުންނައްޓައިފި ކަމަށް ގިނަ ފަހަރު އަޑު ފެތުރެނީ ސީދާ ރައްޔިތުންނާއި ގުޅުން ހުރި އަސާސީ ކަންކަމުން ނެވެ.
އެއް މިސާލަކީ ފެން ބިލާއި ކަރަންޓު ބިލުން ޑިސްކައުންޓް ދިނުމުގެ ނަމުގައި ސަރުކާރުން ގެންގުޅޭ "މައްކާރު" ވިސްނުމެވެ. ވާ ވައުދެވެ. ކޮންމެ ރޯދަމަހަކާއި ދިމާކޮށް ކަރަންޓާއި ފެނުން ރައްޔިތުންނަށް ޑިސްކައުންޓް ދިނުމުގެ ނަމުގައި ސަރުކާރުން ދައްކާ ވާހަކައާއި އަމަލަކާއި ދިމާ ނުވެ އެވެ.
މިއަހަރުގެ ރޯދަ މަހުގެ ކަރަންޓު ބިލުން ކޮންމެ ގޭބީސީއަކަށް މަދުވެގެން %10އާ ހަމައަށް ޑިސްކައުންޓު ލިބޭނެ ކަމަށް ސަރުކާރުން އިއުލާން ކުރި އެވެ. ނަމަވެސް ރޯދަ މަސް ނިމި ކަރަންޓް ބިލު އަތުވެއްޖެ އެވެ. ސަރުކާރުން އެބުނާ "ޑިސްކައުންޓް" އެއް ނުފެނެ އެވެ.
މިކަމާއި ކަންބޮޑުވުން ފާޅުކޮށް ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުން ނެވެ. މިކަމާއި ނުރުހުންފާޅުކުރި އެކަކު ބުނީ ސްޓެލްކޯއިން ޑިސްކައުންޓް ލިބުނު ކުދިން ސެޓްފިކެޓްއާއި ހަވާލުވުމަށް ސްޓޭޖަށް އައުމަށް ދަންނަވާ ކަމަށެވެ.
ބައެއް ގޭބީސީތަކުން ޑިސްކައުންޓް ލައިގެން ވެސް ކަރަންޓު ބޭނުންކުރި މިންވަރު ދެ ގުނަވުމުން، އެކަމުގެ ޝަކުވާކޮށް އެހެން މީހަކު ބުނީ "ކަރަންޓް ބިލް ބޮޑު ކުރުމަކީ ސަރުކާރުގެ އިންތިޒާމީ ރޭވުމެއް ކަމަށާއި ދައުލަތުގައި ލާރި ނެތިއްޔާ ރައްޔިތުން ފެލާގެން ދައުލަތް ހިންގާނީ ކަމަށެވެ.
ރޯދަމަހު ކަރަންޓު ބިލާއި ފެން ބިލުން ޑިސްކައުންޓް ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ގޮތާ ހިލާފުވި ކަން ބުނެދެމުން އިތުރު މީހަކު ބުނީ ހަމަ ހަގީގަތުގަވެސް މި ފަހަރުގެ ކަރަންޓު ބިލް ވަރަށް ބޮޑު ވެގެން ގޮސްފި ކަމަށާއި ސަރުކާރުން ރައީސް އިއުލާން ކުރުންތަކުގައި ކުލަ ނުޖެހި "ދޮގަށް" ވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
ބުރިބުރިކޮށްފަ، ބައިބައިކޮށްފަ، އޮޅައޮޅާފަ، އަރަތެއްހެން ދަމާފަ، މިކަހަލަ ޑިސްކައުންޓް ނުދިނިއްޔާ ރަނގަޅީ!!! 🙏🏼 މަސްދަޅު ކޭސްގެ ހަގުނަ ކަރަންޓް ބިލަށް އެޑް ކޮށްފަ، ބެކްލޮގޭ މުންޖޭކިޔާފަ، ރީތިކޮށް ހަމަ ފެލާލީއޭތި!!!
މި ރޯދަމަހު ވެސް ކަރަންޓާއި ފެން ބިލުން ޑިސްކައުންޓު ދީފައިވާކަމަށާއި ކަރަންޓަށްދޭ ޑިސްކައުންޓަށް ގާތްގަނޑަކަށް 160 މިލިއަން ރުފިޔާ ހޭދަ ކުރަންޖެހޭނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް އެކަން މިއަދު ގަބޫލް ކުރާ ދިވެއްސަކު ނެތެވެ. މިކަން ހާމަ ކޮށް ކަރަންޓް ބިލުގެ ޝަކުވާ ކުރި މީހަކު ބުނީ ސަރުކާރުން އިންތިހާ އަށް ބިލް ބޮޑުކުރަނީ ގަސްތުގައި ކަމަށާއި ރައްޔިތުން ހަޅޭ ލަވަން ފެށުމުން 25 ރިފިޔާގެ ޑިސްކައުންޓެއް ރައީސް ހާދަ ހެޔޮފުޅޭ ބުނުއްވަން ސަރުކާރުން އެދޭ ކަމަށެވެ.
ސަރުކާރުން ފެން ބިލާއި ކަރަންޓު ބިލުން ވެސް ރޯދަމަހު 10 އިންސައްތައިގެ ޑިސްކައުންޓެއް ދޭން ނިންމަާ އެކަން ހާސިލް ނުވެ ގޭބިސީތަކުގެ ބިލް ބޮޑުވުމުގެ ޝަކުވާ ރައްޔިތުން ކުރަން ފެށުމުން މިހާރު ސަރުކާރުން ބުނަނީ ކަރަންޓު ބިލުތައް ބޮޑީ ހޫނު މޫސުމާ ދިމާވެ، ރައްޔިތުން ކަރަންޓު ބޭނުންކުރި މިންވަރު އިތުރުވުމުން ކަމަށެވެ.
ރައީސް ޑރ. މުއިއްޒު އެވެ. މަނިކުފާނުގެ ކުދި ދޮގުގާ ޖެހި ރައްޔިތުން މިހާރު ހަނާވެ ނިމިއްޖެ އެވެ. ދައުލަތުގެ ރިކަރަންޓް ހިފެހެއްޓުމަށް ރައްޔިތުންގެ "ލޭ" ބުއިން ހުއްޓާ ލައްވާށެވެ. މިއަދު ސަރުކާރުން ރައްޔިތުންނަށް ހެޔޮ ނޭދޭކަން ތިޔަ ބޮޑު ކުރާ ޑެކްސްތަކުން އިނގިސާފެވެ. ޓެކްސް ބޮޑު ނުކުރާނެ ކަމާއި ޑޮލަރު އަގު ކުޑަ ކުރާނެ ކަމަށާއި މަސްވެރިން ނަށް ޑޮލަރުން ޕޭމެންޓް ހަދާނެ ކަމަށާއި މުދަލުގެ އަގު ހެޔޮކުރާނެ ކަމަށާއި ސިޔާސީ މުސާރަވެރިން މަދު ކުރާނެ ކަމަށް އިންތިހާބުގައި ވީ ވައުދުތަކަކީ މަނިކުފާނު ރައްޔިތުންނަށް ވީ "ހޮޅި" ވައުދުން ކަން ރައްޔިތުން މިއަދު ގަބޫލްކޮށްފި އެވެ. އެކަން އިތުރަށް ތަފްސީލުކޮށްދޭން ބާއްވާ ޕްރެސްތަކާއި ޕޮޑްކާސްޓްތަކުން މަނިކުފާނު ތިދަނީ އިތުރަށް ފަލީހަތް ވަމުން ނެވެ.
ރައީސް ޑރ. މުއިއްޒު އެވެ. "ބޭފުޅާ" އަށް އޮތީ ހަމައެއްމެ ހައްލެކެވެ. މި ސަރުކާރުގެ އަމަލުން ގައުމާއި ރައްޔިތުންނަށް ލިބިދާނެ އިތުރު ގެއްލުމަކަށް ފުރުސަތު ނުދެއްވާ އަވަހަށް އަމިއްލަ ފުޅަށް "އިސްތިއުފާ" ދެއްވާށެވެ. ތިޔަ ދޭ ގޮތަށް ކަރަންޓާފެނުން ޑިސްކައުންޓް ނުދިނަސް ހެޔޮ އެވެ. ސަރުކާރުން ދޮގު ހަދާކަން ސާފުވެ، މި ރޯދަ މަހުގެ ކަރަންޓު ބިލުން އެކަން އިތުރަށް ސާފުވެއްޖެ.! އެވެ.