March 13, 2026
Advertisement
ލިވަޕޫލްގެ ޓޫރިޒަމް ޑެސްޓިނޭޝަން ޕާޓްނަރެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓް ކުރުމުގެ ކެމްޕޭން އިފުތިތާހު ކޮށްދެއްވުމަށް ރައީސް މުއިއްޒު ވަޑައިގަންނަވަނީ.--
ލިވަޕޫލްގެ ޓޫރިޒަމް ޑެސްޓިނޭޝަން ޕާޓްނަރެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓް ކުރުމުގެ ކެމްޕޭން އިފުތިތާހު ކޮށްދެއްވުމަށް ރައީސް މުއިއްޒު ވަޑައިގަންނަވަނީ.-- / ރައީސް އޮފިސް

އިނގިރޭސީން ރާއްޖެ އައުމަށް މުއިއްޒު އެދުނު ވަގުތާ ދިމާކޮށް އެ ގައުމުގެ ސަރުކާރުން އެދުނީ ރައްޔިތުން ރާއްޖެ ނުދިއުމަށް.!

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Apr 3, 2025, 07:11 PM
މާލެ ސިޓީ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އަދި ވިޒިޓް މޯލްޑިވްސްއާ ގުޅިގެން، އިނގިރޭސިވިލާތުގެ ލިވަޕޫލް ފުޓަބޯޅަ ކްލަބާ އެކު ރާއްޖެ އަށް ފަތުރުވެރި ގެނައުމުގެ ކެމްޕޭނު ލޯންޗުކުރުމަށް ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިނގިރޭސީ ވިލާތުގައި ހުންނަވަނިކޮށް "އިނގިރޭސީން ރާއްޖެއަށް" ދިއުމުގައި ސަމާލުވުމަށް އެގައުމުގެ ސަރުކާރުން ރައްޔިތުންގެ ކިބައިން އެދެފި އެވެ.

Advertisement

އިނގިރޭސިވިލާތުގެ ފޮރިން އޮފީހުން އާންމު ކުރި ޓްރެވަލް އެޑްވައިޒަރީގައި ބުނެފައި ވަނީ އެ ގައުމުގެ ރައްޔިތުންނާ ދެކޮޅަށް ހަމަލާ ދިނުމަށް ބައެއް ޓެރަރިސްޓު ޖަމާއަތްތަކުން ގޮވާލާފައިވާ ކަމަށެވެ.

އެހެންކަމުން، އިނގިރޭސިވިލާތުގެ ރައްޔިތުންނާ ދެކޮޅަށް ރާއްޖޭގައި ވެސް ހަމަލާއެއް ދީފާނެ ކަމަށް ފޮރިން އޮފީހުން ބުނެ އެވެ. ފޮރިން އޮފީހުން ބުނީ އެ ގައުމުގެ ރައްޔިތުންނާ ދެކޮޅަށް ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއް ނުދޭނެ ކަމަށް ޔަގީންކަން ނުދެވޭނެ ކަމަށެވެ. އެހެންވެ ރާއްޖެ ދިއުން ރައްކާތެރި ނޫން ކަމަށެވެ.

އިނގިރޭސިވިލާތުގެ ރައްޔިތުންނާ ދެކޮޅަށް ރާއްޖޭގައި ވެސް ޓެރަރިޒަމްގެ ހަމަލާއެއް ދީފާނެ ކަމަށް ބުނެ ޓްރެވަލް އެޑްވައިޒަރީއެއް ނެރުނުއިރު، ރައީސް މުހައްމަދު މުއިއްޒު މިވަގުތު ހުންނެވީ އެ ގައުމުގަ އެވެ.

އެމްއެމްޕީއާރުސީން ބުނެފައިވާ ގޮތުގައި މި ކެމްޕޭންގެ ސަބަބުން ޓޫރިޒަމާއި އިގްތިސާދީ ގޮތުން ރާއްޖެއަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ އެވެ. އެމްއެމްޕީއާރްސީން އިތުރަށް ބުނީ، މި އެއްބަސްވުމުގެ ސަބަބުން ރާއްޖެއަށް ދުނިޔޭގެ ފެންވަރުގެ ބޮޑު އެކްސްޕޯޝާއެއް ލިބޭނެ ކަމަށެވެ. މި އެއްބަސްވުމުގެ އަގަށް ދިވެހި ސަރުކާރުން 1.1 މިލިއަން ޑޮލަރު ލިވަޕޫލްއަށް ދައްކާނެ ކަން "ތޭރައޮންލައިން" އަށް ވަނީ ކަށަވަރުކުރެވިފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved