March 9, 2026
Advertisement
އީދު ބައިބަލާ ޗެލެންޖް ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު
އީދު ބައިބަލާ ޗެލެންޖް ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު / ދިރާގު

އީދު ބައިބަލާ ޗެލެންޖްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

Hussain Nawaf
ހުސައިން ނަވާފް
Apr 3, 2025, 09:47 PM

”އީދު ބައިބަލާ ޗެލެންޖް“ ގެ މި އަހަރުގެ މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.

Advertisement

ބައިބަލާ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން އިންތިޒާމުކޮށްގެން 1 އެޕްރީލު 2025 ގައި ފަށައިފައިވާ ”އީދު ބައިބަލާ ޗެލެންޖު“ 6 އެޕްރީލް 2025 ގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކު ސަރަހައްދުގައި ކުރިއަށްދާނެއެވެ.

މި މުބާރާތަކީ ރާއްޖޭގެ ގިނަ ކްލަބްތަކުން ދުރާލާ ތައްޔާރުވެގެން ބައިވެރިވެ ވަރަށް ފޯރީގައި ކޮންމެ އަހަރަކު ވެސް ކުރިއަށްގެންދާ މުބާރާތެކެވެ.

ބައިބަލާއަކީ ދިވެހިންގެ ތެރޭގައި ވަރަށް މަގުބޫލު ކުޅިވަރަކަށްވެފައި، މި މުބާރާތަކީ ވަރަށް ގިނަ ބަޔަކު ޝައުގުވެރިކަމާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުން ބަލަމުންގެންދާ މުބާރާތެކެވެ.

ދިރާގަކީ، ރާއްޖޭގައި އެކިއެކި ކުޅިވަރުތައް ތަރައްގީކޮށް ކުރިއެރުވުމަށް ކުރާ ކަންކަމުގައި އެންމެ ކުރީ ސަފުގައި ބައިވެރިވެ، ދިވެހި މުޖުތަމައުއަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ލޯބިކުރާ ބަޔަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކުންފުންޏެކެވެ.

މި ގޮތުން އެކި ފަރާތްތަކާ ގުޅިގެން މިފަދަ އިވެންޓްތައް އާންމުންނާ ހަމައަށް ގެނެސްދިނުމަށް ދިރާގުން ދަނީ އެކި މަސައްކަތްތައް ކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved