މޫސުމަށް ސަމާލުވާ މެޓުން ވަނީ އެދިފަ / ޕޮލިސް
ހަބަރު
ރާއްޖޭގެ އެކި ހިސާބަށް ކެރީގެ އަސަރު ފޯރުމާއިއެކު ވާރޭ ވެހޭނެ: މެޓު
Hussain Nawaf
ހުސައިން ނަވާފް
05 އޭޕްރީލު 2025

ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުމާއި އެކު ކެރީގެ އަސަރުކުރާނެކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ މޯލްޑިވްސް މިޓިއޮެރޮލޮޖިކަލް ސާވިސަސް މެޓު އޮފީހުން ހާމަކޮށްފިއެވެ.

މެޓު އޮފީހުން ހާމަ ކުރާ ގޮތުގައި މެދު ރާއްޖެ ތެރޭ އަދި އުތުރު ރަށްތަކަށްށް ކެރީގެ އަސަރު ކުރުމާއި އެކު ގުގުރުން އެކަށީގެންވެއެވެ.

އިރުދެކުނާއި ދެކުނުން ގަޑިއަކު 03 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް މެޓުން ލަފާ ކުރެއެވެ.

ދެކުނުގެ އަތޮޅުތަކަށް ވިއްސާރަކުރާނެ އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށްވެސް މެޓުންވަނީ ހާމަކޮށްފައެވެ.

ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް މެޓުން ހާމަ ކުރިއެވެ.

ކަނޑު ދަތުރު ކުރާ ފަރާތްތަކުން ހާދިސާއެއް ދިމާވެއްޖެ ނަމަ ލަސްނުކޮށް، އެމްއެންޑީއެފް ކޯސްޓް ގާޑްގެ ހިލޭ ގުޅޭ ނަންބަރު 191އަށް ގުޅައިގެން މަޢުލޫމަތު ހިއްސާ ކުރެއްވުމަށް އެމްއެންޑީއެފް އިންވެސް މީގެ ކުރިންވަނީ އިލްތިމާސް ކޮށްފައެވެ.

މޫސުމީ ބަދަލުތަކުގެ ސަބަބުން އިރުވައި މޫސުމުގައިވެސް ބޯކޮށް ވާރޭވެހުންވަނީ އާންމުވެފައެވެ. އެގޮތުން މި އިރުވައި މޫސުމުގައި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އެކި ވަރުގެ ގެއްލުން އެކި ދުވަސްތަކުގެ މަތީން ލިބުނުކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved