March 19, 2026
Advertisement
ރައީސް ޑރ މުއިއްޒާއި އިނގިރޭސިވިލާތުގައި ކިޔަވާ ދަރިވަރުންނާއި އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން.
ރައީސް ޑރ މުއިއްޒާއި އިނގިރޭސިވިލާތުގައި ކިޔަވާ ދަރިވަރުންނާއި އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން. / ރައީސް އޮފިސް

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގައި މައްސަލަ ހުރި ކަމަށް ރައީސް މުއިއްޒު އިއުތިރާފުވެ ވަޑައިގެންފި

Apr 5, 2025, 10:25 PM

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގައި މައްސަލަ ހުރި ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު އިއުތިރާފުވެ ވަޑައިގެންފިއެވެ.

Advertisement

ރައީސް މުއިއްޒު މިކަަމަށް އިއުތިރާފުވެ ވަޑައިގެންނެވީ އިނގިރޭސިވިލާތަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން، އެ ގައުމުގައި ތައުލީމު ހާސިލްކުރަމުންދާ ދިވެހި ދަރިވަރުންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން މިނިސްޓްރީއަށް ފޮނުވާ އީމެއިލްތަކަށް ޖަވާބު ދިނުން ލަސްވުމަކީ އެންމެ ގިނައިން ލިބިފައިވާ ޝަކުވާކަން ރައީސް މުއިއްޒުވަނީ ފާހަގަ ކުރައްވާފައެވެ. އަދި އެއީ ސަރުކާރުގެ ނިޒާމުގެ ތެރޭގައި ހުރި މައްސަލަތަކެއް ކަމަށާއި އެކަންކަން ރަނގަޅު ކޮށްދެއްވާނެކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

ކިޔަވާ ކުދިންނަށް ސަރުކާރުން ޖަވާބު ނުދިނުމާއި އެ ކުދިންނަށް ލިބެންޖެހޭ ފައިސާ ލިބުން ލަސްވުމުގެ ސަބަބުން ކުރިމަތިވާނެ ދަތިތައް އެނގިވަޑައިގަންނަވާ ކަމަށާއި އެކަންކަން މީގެ އަހަރުތަކެއް ކުރިން އެމަނިކުފާނު ތަޖުރިބާ ކުރެއްވި ކަމަށް ވެސް ރައީސް މުއިއްޒު ފާހަގަކުރެއްވިއެވެ.

ސްޓޫޑެންޓް ލޯނުގައި ގައުމުތަކުގައި ކިޔަވަމުންދާ ދަރިވަރުންނަށް ދިމާވެފައިވާ ދަތިތަކާއި ގޮންޖެހުންތަކާ ގުޅޭގޮތުން އެ ދަރިވަރުންނާއި ބެލެނިވެރިން ގެންދަނީ ސޯޝަލް މޑިއާގައި ކަންބޮޑުވުން ފާޅުކޮށް އެކަމާއި ނުރުހުން ފާޅު ކުރަމުންނެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގައި މައްސަލަތަކެއް ހުރި ކަމަށް ރައީސް މުއިއްޒު އިއުތިރާފުވެ ވަޑައިގެންނެވި އިރު މިނިސްޓަރެއްގެ ގޮތުގައި ހުންނެވީ އެމަނިކުފާނުގެ ގާތް އެކުވެެރިޔާ ޑރ އަލީ ހައިދަރު އަހްމަދެވެ.

ހައިދަރަކީ މި ސަރުކާރުގެ ފުރަތަމަ ހައުސިންގ މިނިސްޓަރެވެ. އަދި އެ މިނިސްޓްރީ އުވާލާ ހަޔަރ އެޑިއުކޭޝަން މިނިސްޓަރުގެ މަގާމަށް އައްޔަންކޮށްފައެވެ.

އެ މިނިސްޓްރީ އުވާލީ ކުރީ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓު ލިބުނު ފަރާތްތަކުގެ ލިސްޓު އިއުލާނުނުކުރެވި ލަސް ވުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވުމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved