އެޗްޑީސީގެ ބޯޑު މެންބަރުކަމުން މުޙައްމަދު ވަހީދު --- / ހައުސިންގް ޑިވެލޮޕްމަންޓް ކޯޕޮރޭޝަން
ހަބަރު
އެޗްޑީސީގެ ޑިރެކްޓަރުންގެ ބޯޑުން މުހައްމަދު ވަހީދު ވަކިކޮށްފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
06 އޭޕްރީލު 2025
މާލެ ސިޓީ

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ބޯޑު މެންބަރުކަމުން މުޙައްމަދު ވަހީދު މިއަދު ވަކިކޮށްފި އެވެ.

ސަރުކާރުގެ ކުންފުނިތައް ބަލަހައްޓާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑް (ޕީސީބީ)ން މިއަދު ބުނީ އެޗްޑީސީގެ ބޯޑް މެންބަރުކަމުން ވަކިކޮށްފައި ވަނީ މުހައްމަދު ވަހީދު، ހއ. ފިއްލަދޫ،  މަބުސްތާނު ގެ، އެވެ.

އެޗްޑީސީގެ ޑިރެކްޓަރުންގެ ބޯޑުން މުހައްމަދު ވަހީދު ވަކިކުރި ސަބަބެއް ޕީސީބީ އިން ހާމައެއް ނުކުރެ އެވެ.

އޭނާއަކީ މީގެ ކުރިން ވެމްކޯގައި އިސް މަގާމެއް ފުރުއްވައިފައިވާ، އަދި ހައުސިން މިނިސްޓްރީގައި ވެސް މަސައްކަތްކޮށްފައިވާ ބޭފުޅެކެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved