

ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަޙްމަދު ޝާފިއު މިއަދު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ޝާފިއު އޭނާގެ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ މަގާމުން އިސްތިއުފާ ދިނީ ކަންކަން ހައްލުކޮށްދޭނެ ކަމުގެ އުންމީދުގައި ކަމަށެވެ.
ނަމަވެސް ހައްލުކޮށްދޭނެ ކަމަށް އުންމީދު ކުރަނީ ކޮން ކަމެއްކަން ޝާފިއު ވިދާޅެއް ނުވެ އެވެ.
އިސްތިއުފާ ދެއްވި ސަބަބު މީޑިއާގައި ހާމަ ކުރަން ޝާފިއު ވަނީ ދެކޮޅު ހައްދަވައިފަ އެވެ.
އޭނާ ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް އައްޔަން ކުރެއްވީ 2023 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 26 ވަނަ ދުވަހުއެވެ.