March 28, 2026
Advertisement
ރައީސް ޔާމީން ޕީއެންއެފް ފްރަންޓް އޮފީސް ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ
ރައީސް ޔާމީން ޕީއެންއެފް ފްރަންޓް އޮފީސް ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ / ރާއްޖެ އޮންލައިން

ސަރުކާރުން އުޅެނީ އިގްތިސޯދު މެނޭޖް ކުރަން ނޭނގިގެން: ރައީސް ޔާމީން

Hussain Nawaf
ހުސައިން ނަވާފް
Apr 7, 2025, 12:40 AM

ސަރުކާރުން އުޅެނީ އިގްތިސޯދު މެނޭޖް ކުރަން ނޭނގިގެންކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވަނީ ޕީޕަލްސް ނޭޝަނަލް ފްރަންޓް ޕީއެންއެފްގެ ފްރަންޓް އޮފީސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ގައުމުގެ ދަރަންޏާ އަދި އިގްތިސޯދީ ހާލަތު އޮތް މިންވަރަށް އަލިއަޅުވާލައްވާ ރައީސް ޔާމީން ވިދާޅުވީ، ގައުމުގައި ފައިސާ ޗާޕުކުރުމާ ހަރު މުދާ ވިއްކުން ސަރުކާރުތަކުން އާންމުކުރަމުންދާއިރު އެކަމުގެ ޒިންމާ ނަގާނެ ވެރިއެއް ނުހުންނަ ކަމަށެވެ.

މިސަރުކާރުގެ އެކަނި 130 ހާސް މިލިއަނަށް އަރައިގެން ގޮސްފައިވާއިރު އެސްއޯއީތަކުގެ ދަރަނިވެސް ދަނީ ދުވަހުން ދުވަހަށް މައްޗަށް ކަން ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

އަދި މިއަދު ޓުއަރިޒަމް އިންޑަސްޓްރީ އާއި ސަރުކާރުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް ޕީއެސްއައިޕީވެސް އޮތީ ހުއްޓިފައިކަމަށް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

އެއްވެސް ދާއިރާއެއްގެ އިންވެސްޓްމެންޓެއް ނުފެނޭ. ބަހޭހަށް މިއޮށް ދަނީ ދަރަނި އަރައިގެން. ބޭރުން އެއްވެސް ފައިސާއެއް ނުގެނެވޭ. މި އުޅެނީ މެނޭޖުކުރަން ނޭނގިގެން. މިފަހަރު ޗާޕުކުރީ. މި ލާރި ކޮޅު ހުސްވާނެ ދެމަހެއްގައި މުސާރަ ދެވޭއިރު. ދެން ކިހިނެއް ހަދާނީ. ދިމްޔާތު ވިއްކާނީ؟ ނޫނީ ދިވެހި ދިދަ ވިއްކާނީ؟ ރާއްޖެއަކުން ނުފެނޭ އިކޮނޮމިކު އެއްވެސް އިންޑިކޭޓަރ އެއ ްނުފެނޭ ހިތްހަމަޖެހޭ ކަހަލަ. ހުރިހާ ކަމެއް ހުރީ ޓާޝަރީ ފެންވަރުގައި ރެޑް ލައިޓުގައި.

ރައީސް ޔާމީން

ރައީސް ޔާމީން ވިދާޅުވީ، ގައުމުގެ ދަރަނި ދައްކަން ފެހި ސިގްނަލް ލިބިފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް ފެންނަމުން ދަނީ ގައުމުގެ ކަންކަން ޓަޗަރީ ފެންވަރުގައި ރެޑް ލައިޓިގައި އޮތް މަންޒަރު ކަމަށެވެ.

ރާއްޖޭގެ މާލީ ހާލަތު ގޯސްވެ، ބައިނަލްއަގުވާމީ އެންމެ ބޮޑު ދެ ރޭޓިން އެޖެންސީން ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކޮށްފަ އެވެ. އެ ގޮތުން، މޫޑީސްއިން ވަނީ ރާއްޖޭގެ ރޭޓިން 'ސީއޭއޭ2'އަށް ދަށްކޮށްފައެވެ.

އޭގެ ކުރިން މިދިޔަ އޮގަސްޓު މަހުގެ 29 ގައި ފިޗުން ވެސް ވަނީ ރާއްޖޭގެ ރޭޓިން 'ސީސީ'އަށް ދަށްކޮށްފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved