March 16, 2026
Advertisement
މާލެއިން ފެން ހިންދަނީ
މާލެއިން ފެން ހިންދަނީ / ތޭރަ އޮންލައިން

މުޅި ރާއްޖޭގެ މޫސުން ގޯސްވާނެ: މެޓު އޮފީސް

Hussain Nawaf
ހުސައިން ނަވާފް
Apr 9, 2025, 08:06 PM

މުޅި ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން މޯލްޑިވްސް މިޓިއޮެރޮލޮޖިކަލް ސާވިސަސް މެޓު އޮފީހުން ހާމަކޮށްފިއެވެ.

Advertisement



މެޓު އޮފީހުން ހާމަ ކުރާ ގޮތުގައި ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް އެއިދާރާއިން ބުނެއެވެ.



މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި، ރާޅުގެ އުސްމިނުގައި 3 ނުވަތަ 6 ފޫޓު ހުންނާނެ ކަމަށެވެ.



ރާއްޖެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން މާލެއަށް ވެސް ބޯކޮށް ވާރޭވެހެމުންދާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކޮށްފައިވެއެވެ. އަދި ފެން ހިންދުމާއި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް އެމްއެންޑީއެފުން ދަނީ ކުރަމުންނެވެ.



ކަނޑު ދަތުރު ކުރާ ފަރާތްތަކުން ހާދިސާއެއް ދިމާވެއްޖެ ނަމަ ލަސްނުކޮށް، އެމްއެންޑީއެފް ކޯސްޓް ގާޑްގެ ހިލޭ ގުޅޭ ނަންބަރު 191އަށް ގުޅައިގެން މަޢުލޫމަތު ހިއްސާ ކުރެއްވުމަށް އެމްއެންޑީއެފް އިންވެސް މީގެ ކުރިންވަނީ އިލްތިމާސް ކޮށްފައެވެ.



މޫސުމީ ބަދަލުތަކުގެ ސަބަބުން އިރުވައި މޫސުމުގައިވެސް ބޯކޮށް ވާރޭވެހުންވަނީ އާންމުވެފައެވެ. އެގޮތުން މި އިރުވައި މޫސުމުގައި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އެކި ވަރުގެ ގެއްލުން އެކި ދުވަސްތަކުގެ މަތީން ލިބުނުކަން ފާހަގަކޮށްލެވެއެވެ.


ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved