March 20, 2026
Advertisement
ދ. ކުޅުދުއްފުށި ޕޮލިސް ކަސްޓޯޑިއަލް
ދ. ކުޅުދުއްފުށި ޕޮލިސް ކަސްޓޯޑިއަލް / ސޯޝަލް މީޑިއާ

ހައްޔަރުގައި ހުރި މީހަކު އަމިއްލައަށް މަރުވާން މަސައްކަތް ކުރުމާ ގުޅިގެން ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެ

Hussain Nawaf
ހުސައިން ނަވާފް
Apr 11, 2025, 02:46 AM

ހދ. ކުޅުދުއްފުށި ޕޮލިސް ކަސްޓޯޑިއަލްގައި ހައްޔަރުގައި ހުރި މީހަކު އަމިއްލައަށް މަރުވާން މަސައްކަތް ކުރުމާ ގުޅިގެން އެ މީހާއަށް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިއަދު ނިޔާވިކަން ހާމަވެއްޖެއެވެ.

Advertisement

ހައްޔަރުގައި ހުރި މީހާ އަމިއްލައަށް މަރުވާން މަސައްކަތް ކުރީ 2025 އޭޕްރިލް 04 ވަނަ ދުވަހުގެ ރޭ 21:12 ގައިކަން މައުލޫމާތު ލިބެއެވެ. އޭނާއަށް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިއަދު 15:18 އެހައިކަންހާއިރު ނިޔާވިކަން ހޮސްޕިޓަލުންވަނީ ހާމަކޮށްފައެވެ.

އެ ކަމާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއެކު، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އަދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް މި ހާދިސާގެ މައުލޫމާތު ހިއްސާ ކުރިކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އަދި މި ހާދިސާ ހިނގާފައިވާގޮތުގެ އެތެރޭގެ ތަހުގީގެއް ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުން ދަނީ ހާއްސަ އިސްކަމެއް ދީގެން ކުރިއަށް ގެންދަމުންކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ މަސްތުގެ ހާލަތުގައި ހުރެގެން ގޭގެ މުދަލަށް ގެއްލުންދީ ހަމަނުޖެހުން ހިންގި މައްސަލައަކާ ގުލިގެން އެޕްރިލް 2 ވަނަ ދުވަހުކަން ފާހަގަ ކުރެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved