March 19, 2026
Advertisement
ސަސްޕެންޑްކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު
ސަސްޕެންޑްކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު / ސޯޝަލް މީޑިއާ

ބަންދު އަމުރަކަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި

Hussain Nawaf
ހުސައިން ނަވާފް
Apr 13, 2025, 09:35 PM

ސަސްޕެންޑްކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ފިރިކަލުން، އައިޖީއެމްއެޗުގެ ޑޮކްޓަރު އިސްމާއީލް ލަތީފް ބަންދު ނުކުރުމަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފިއެވެ.

Advertisement

ފަހު އަޑުއެހުމަށް މިއަދު ހެނދުނު 9 ޖެހިއިރު ސަސްޕެންޑްކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު ޖޭއެސްސީއަށް ހާޒިރުކުރި އެވެ. އަދި އަޒްމިރަލްދާ މިއަދު ހެނދުނު 10 ޖެހިއިރު ޖޭއެސްސީއަށް ހާޒިރުކުރި އެވެ.

ސުލޫކީ މައްސަލަތައް ބެލުމުގެ އިޖުރާއަތްތައް އޮންނަ ގޮތުން ދެން އޮންނާނީ ކޮމިޓީގެ ތަހުގީގުގެ ފައިނަލް ރިޕޯޓް ތައްޔާރު ކުރުމާއި ފަނޑިޔާރަށް އަޅަން ކޮމިޓީން ފެންނަ ފިޔަވަޅު ތަހުގީގު ރިޕޯޓްގައި ހިމަނާނުމާއެކު ތަހުގީގު ރިޕޯޓަށް ޖަވާބެއް ދޭން ފަނޑިޔާރުންނަށް ހަތް ދުވަސް ލިބޭނެކަން ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން ފަނޑިޔާރުންގެ ޖަވާބާއި ތަހުގީގު ރިޕޯޓު ކޮމިޝަނުގެ ބައްދަލުވުމަކަށް އެޖެންޑާކުރުމާއެކު ފަނޑިޔާރާ މެދު ފިޔަވަޅު އެޅުމާ މެދު ގޮތެއް ނިންމާނީ ކޮމިޝަނުގެ ބައްދަލުވުމުގެ ތެރެއިންނެވެ.

ފުރަތަމަ އަޑުއެހުންތައް ބޭއްވީ މިދިޔަ މަހު ކުރީކޮޅުގަ އެވެ. ދެ ފަނޑިޔާރުންގެ ބަޔާނާއި ކްރިމިނަލް ކޯޓުގެ ތިން ގާޒީއެއްގެ ބަޔާން ނެގުމަށް ފަހު ތަހުގީގުގެ ފުރަތަމަ ރިޕޯޓް، މިދިޔަ މަހު 13ގައި ފަނޑިޔާރުންނަށް ވަނީ ފޮނުވައިފައެވެ.

އަޒްމިރާލްދާގެ ދެ މައްސަލައެއް ޖޭއެސްސީން ދަނީ ތަހުގީގު ކުރަމުންނެވެ.

އެއީ އަޒްމިރާލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފު ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވި މައްސަލަ އާއި ހައި ކޯޓުގެ މުވައްޒަފަކު ސުޕްރީމް ކޯޓަށް ހާޒިރުކޮށް، ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ހުތުރު ބަހުން ވާހަކަ ދެއްކެވި ކަމަށް ބުނާ މަޖިލީހުގައި ފަނޑިޔާރު އަޒްމިރަލްދާ އިންނެވި ކަމަށް ބުނާ މައްސަލައެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved