March 20, 2026
Advertisement
ދަރުމަވަންތަ ހޮސްޕިޓަލް
ދަރުމަވަންތަ ހޮސްޕިޓަލް / އަވަސް

ބޭސް އެތެރެކޮށް ވިއްކަނީ ދުނިޔޭގެ މާކެޓް ރޭޓަށް ވުރެ މާ އަގޮބޮޑުކޮށް: ހެލްތު

Aishath Naja
އައިޝަތު ނަޖާ
Feb 16, 2024, 12:22 AM

ރާއްޖެއަށް ބޭސް އެތެރެކޮށް އާސަންދަ ސްކީމުން ދޫކުރާ ބޭހަށް ފައިސާ ދައްކަނީ ދުނިޔޭގެ ބާޒާރުގެ އަގުތަކަށް ވުރެ އެތައް ގުނައެއް ބޮޑުކޮށް ކަމަށް ހެލްތު މިނިސްޓްރީން ހާމަކޮށްފިއެވެ.

Advertisement

ހެލްތު މިނިސްޓްރީން މިދިޔަ އާދީއްތަ ދުވަހު އާންމުކުރި "ނެޝަނަލް މެޑިސިން ޕޮލިސީ 2024-2030" ގައި ބުނީ ރާއްޖެއަށް ބޭސް އެތެރެކުރަނީ އަދި އާސަންދަ މެދުވެރިކޮށް ދޫކުރާ ބޭހަށް ފައިސާ ދައްކަނީ ދުނިޔޭގެ ބާޒާރުގެ އަގުތަކަށް ވުރެ ތިންގުނަ އާއި ފަސްގުނައާ ދެމެދުގެ ބޮޑު އަގެއްގައި ކަމަށެވެ.

ބޭސް އެވަރަށް އަގުބޮޑުވަނީ އިކޮނޮމީ އޮފް ސްކޭލް ނުލިބޭތީ (އަގު ހެޔޮވާހާ ގިނައިން ނުގެންނާތީ) ނޫން ކަމަށާއި އެެއީ ބޭސް ހޯދުމުގައި ހުރި ދޯހަޅިކަމުން ވާ ކަމެއް ކަމަށް ވެސް ޕޮލިސީގެ ތައާރަފްގައި ހިމެނި މައުލޫމާތުގައި ހެލްތު މިނިސްޓްރީން ވަނީ އާންމުކޮށްފައެވެ.

އެ ލިއުމުގައިވާ ގޮތުން ބޭސް ގެނައުމުގެ ކަންތަކުގައި އޮތް ދޯހަޅިކަމާއި އެކަމުގައި އެކުލެވޭ ކޮރަޕްޝަން ވެސް ބޮޑުވަނީ ހާމަކަމެއް ނެތުމުގެ ސަބަބުންނެވެ.

އެހެންކަމުން ފައިސާ ނުދައްކައި ހިފަހައްޓަން އާސަންދައަށް ލިބިދީފައިވާ ބާރުގެ ބޭނުން ނުކުރާ ކަމަށް ވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved