ރައްޔިތުންގެ މަޖިލީހުގެ ތަޅުން / -
ހަބަރު
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުގައި ހުށަހެޅި ކުއްލި މައްސަލަ ޕީއެންސީ ސުޕަމެޖޯރިޓީ އޮތް މަޖިލީހުން ބޭރު
Hussain Nawaf
ހުސައިން ނަވާފް
15 އޭޕްރީލު 2025

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ސިއްހީ އެހީތެރިކަމާއި އިޖުތިމާއީ ޒިންމާ އޮތް މުއައްސަސާތަކުން އިހުމާލުވަމުންދާތީ ހުށަހެޅި ކުއްލި މައްސަލަ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕީއެންސީ ސުޕަމެޖޯރިޓީ އޮތް މަޖިލީހުން ބޭރުކޮށްލައިފިއެވެ.

މި ކުއްލި މައްސަލަ އަކީ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމް ކުޑޫ ހުށަހެޅުއްވި މައްސަލައެކެވެ. މި މައްސަލަ ބަލައިގަންނަން ވޯޓުގައި ބައިވެރިވި 56 މެންބަރުންގެ ތެރެއިން 12 މެންބަރުން ވޯޓުދެއްވިއެވެ. އަދި އެ މައްސަލަ ބަލަައިނުގަންނަން 44 މެންބަރުން ވޯޓު ދެއްވިކަން ފާހަގަކޮށްލެވެއެވެ.

ކުޑޫ ހުށަހެޅުއްވި މައްސަލައިގައި ބުނެފައި ވަނީ ޤާނޫނުއަސާސީގެ 17 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ގޮތުން އަސާސީ ހައްގުތައް ލިބިދިނުމުގައި މީހެއްގެ ހުރި ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅުދުންތެރިކަމަށް ބިނާކޮށް އެއްވެސް ބާވަތެއްގެ ތަފާތުކުރުމެއް ގެންގުޅުމަކީ ޤާނޫނުއަސާސީގެ 17 ވަނަ މާއްދާ އިން މަނާކުރާ ކަމެއް ކަމަށެވެ. އަދި މުޖުތަމައުގެ އާއްމު ހާލަތަށްވުރެ ނިކަމެތިކަމެއް ލިބިފަވާ މީހަކަށް ނުވަތަ ބަޔަކަށް ނުވަތަ އިޖްތިމާއީ ރައްކާތެރިކަން ލިބެން ޖެހޭ ބަޔަކަށް އެހީވުމަށް، ނުވަތަ ރައްކާތެރިކަން ދިނުމަށް ކުރާ ކަންކަމަކީ ތަފާތުކުރުންކަމުގައި ނުބެލެވޭނެކަން އެ މަައްސަލައިގައި ފާހަގަކޮށްފައިވެއެވެ.

މިއީ ސަރުކާރުގެ މެމްބަރުންގެ ފަރާތުން ފެނުނު ވަރަށް ލަދުވެތި މަންޒަރެއް ކަމަށް ވިދާޅުވެ އެ މައްސަލަ އާއި ގުޅުން ހުރި ޕެޓިޝަނެއްވެސްވަނީ މަޖިލީހަށް ހުށަހަޅުއްވާފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved