March 16, 2026
Advertisement
ރައީސް ޑރ. މުއިއްޒު
ރައީސް ޑރ. މުއިއްޒު / ރައީސް އޮފިސް

އައިއެމްއެފްގެ އިންޒާރުތަކަށް ބެލުމެއް ނެތި ރަސްމީ ދަތުރެއްގައި ރައީސް މުއިއްޒު މެލޭޝިޔާއަށް

Hussain Nawaf
ހުސައިން ނަވާފް
Apr 16, 2025, 09:56 PM

ރަސްމީ ދަތުރެއްގައި ރައީސް މުހައްމަދު މުއިއްޒު މެލޭޝިޔާއަށް ފުރާވަޑައިގަތުމަށް ހަމަޖެހިފައިވާކަން ހާމަވެއްޖެ އެވެ.

މިކަން ހާމަވެފައިވަނީ ރާއްޖޭގެ ބައެއް ނޫސްތަކުގައި އެކަން ރިޕޯޓު ކުރަން ފެށުމުންނެވެ. އެގޮތުން ރައީސް މުއިއްޒު މެލޭޝިޔާއަށް ވަޑައިގަންނަވާނީ މި މަހުގެ 27 ވަނަ ދުވަހުގައެވެ.

މި ދަތުރަކީ މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު ބިން އިބްރާހިމްގެ ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށް ވެސް އެ ރިޕޯޓުތަކުގައި ބުނެފައި ވެއެވެ.

މިއީ މި އަހަރު ރައީސް ރާއްޖެއިން ބޭރަށް ކުރައްވާ ތިން ވަނަ ދަތުރެވެ. މި އަހަރުގެ ޖެނުއަރީ މަހު ރައީސް ވަނީ އެސްޓޯނިއާއަށް ރަސްމީ ދަތުރެއް ކުރައްވައިފަ އެވެ. އޭގެ ފަހުން މިދިޔަ މަހު އެމަނިކުފާނު ވަނީ އިނގިރޭސިވިލާތަށް ވެސް ވަޑައިގެންފަ އެވެ.

ރައީސް ގިނަ ދަތުރުފުޅުތަކެއް ކުރައްވަމުން ގެންދަވާއިރު ރާއްޖޭގެ ދަރަނި ބޮޑުވެ ބޭރު ފައިސާގެ ރިޒާވަށް ބާރުބޮޑުވާކަން ފާހަގަކޮށް ވީހާ ވެސް އަވަހަށް ނިޒާމީ ބަދަލުތައް ގެންނަންޖެހޭކަން އައިއެމްއެފުން ވަނީ ގޮވާލާފަ އެވެ.

ނަމަވެސް ބަޖެޓުގައި ހިމަނާފައި ހުރި އިގުތިސާދީ ރިފޯމް އެޖެންޑާގެ ކަންކަން ވީހާ ވެސް އަވަހަށް ފަށަންޖެހޭކަން އެ އިދާރާއިން ނެރުނު ބަޔާނެއްގައިވަނީ ފާހަގަކޮށްފައެވެ. އާމްދަނީ އިތުރުކުރަން ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އެޅި ނަމަވެސް ވީހާ ވެސް އަވަހަށް ޚަރަދުކުޑަކުރަން ބޮޑެތި ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް އައިއެމްއެފުން ގޮވާލާފައިވެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved