March 18, 2026
Advertisement
ވައްޑެ ޕީއެންއެފް ޖަލްސާގައި ވާހަކަ ދައްކަވަނީ
ވައްޑެ ޕީއެންއެފް ޖަލްސާގައި ވާހަކަ ދައްކަވަނީ / ޗެނަލް 13 އިން ނަގާފައިވާ ސްކްރީން ޝޮޓްއެއް

ޕީއެންއެފްގެ ޖަލްސާއެއްގެ ތެރެއިން ދެއްކި ވާހަކަ އަކާއި ގުޅިގެން ވައްޑެ ފުލުހަށް ހާޒިރު ކުރަނީ

Hussain Nawaf
ހުސައިން ނަވާފް
Apr 16, 2025, 09:23 PM

ޕީޕަލްސް ނޭޝަނަލް ފްރަންޓް ޕީއެންއެފްގެ ޖަލްސާއެއްގެ ތެރެއިން ދެއްކި ވާހަކަަ އަކާއި ގުޅިގެން އެ ޕާޓީގައި އިސްކޮށް ހަރަކާތްތެރި ވަމުންގެންދާ އަހްމަދު މުހައްމަދު ވަހީދު ވައްޑެ ފުލުހަށް ހާޒިރު ކުރާ ކަން ހާމަވެއްޖެ އެވެ.

Advertisement

ވައްޑެގެ އިތުރުން ފްރަންޓް އޮފީސް ޖަލްސާގައި ދެއްކެވި ވާހަކަތަކާއި ގުޅިގެން ފީއެންއެފްގެ އިސް އިތުރު ފަރާތެއްވެސް ހާޒިރު ކުރާކަންވަނީ 13 އޮންލައިނަށް ކަށަވަރުވެފަ އެވެ.

އެކަމާއި ގުޅިގެން ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލް އެކަމާއި ނުރުހުން ފާޅު ކުރައްވާ އެކްސްގައި ޕޯސްޓެއް ކުރެއްވުމާއި ގުޅިގެންނެވެ.

ޕީއެންއެފްގެ ސިޔާސީ ޕޯޑިއަމްގައި ވާހަކަދައްކާ ފަރާތްތައް ފުލުހަށް ހާޒިރު ކުރުމަކީ ޑިމޮކްރަސީއާއި ޚިލާފު ލަދުވެތި އަމަލެއްގެ ގޮތުގައި މަލީހުވަނީ ސިފަކޮށްފަ އެވެ.

ފުލުހުންގެ އިދާރާއަކީ ރައީސް ޑރ މުހައްމަދު މުއިއްޒު ޗަރުކޭސް ކުޅުއްވަން އޮންނަ މުއައްސަސާ އެއް ނޫން ކަމާއި ސިޔާސީ ނުފޫޒުން ފުލުހުންގެ އިދާރާ އެކަހެރިވުމަށް މަލީހުވަނީ ގޮވާލައްވާފަ އެވެ.

އަދި ޕީއެންއެފްގެ އެއްވެސް ފަރާތެއް ފަހަތަށް ނުޖެއްސޭނެކަންވެސް އޭނާގެ ޕޯސްޓުގައި ފާހަގަ ކުރައްވާފައިވެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved