March 19, 2026
Advertisement
އެފްޑީސީގެ ފްލެޓެއް.
އެފްޑީސީގެ ފްލެޓެއް. / ސޯޝަލް މީޑިއާ

އޭސީސީން ތަހުގީގު ކުރާ މައިގަނޑު މައްސަލަ ހާމަވެއްޖެ

Aishath Naja
އައިޝަތު ނަޖާ
Feb 16, 2024, 01:30 AM

އޭސީސީން ތަހުގީގު ކުރަމުންދަނީ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ދޫކުރުމުގެ މަރުހަލާ ތެރޭގައި ހިނގާފައި ހުރި ކަންކަން ކަމަށް އެ ކޮމިޝަނުން ހާމަކޮށްފިއެވެ.

Advertisement

ބިންވެރިޔާ ސްކީމާ ގުޅޭ މައްސަލަތަކެއް ބަލަމުންދާ ކަމަށް އޭސީސީން އެންމެ ފުރަތަމަ ބުނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން މިދިޔަ ބުދަ ދުވަހު ބޭއްވި ބައްދަލުވުމެއްގައެވެ.

މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ ބިންވެރިޔާ ސްކީމާ ގުޅޭ ގޮތުން ހުށަހެޅި މައްސަލަތަކެއް ބަލަމުންދާ ކަމަށާއި ތަހުގީގަށް ފާހަގަވި ކަންތައްތައް ކޮމެޓީން އެދޭނަމަ ހިއްސާ ކުރާނެ ކަމަށެވެ. ނަމަވެސް އެދުވަހު އެކަމާ ގުޅޭ ތަފުސީލީ ލިޔުންތައް ނެތުމުން ތަހުގީގަށް ފާހަގަވި ކަންކަން ހާމަކޮށްފައެއް ނުވެއެވެ.

އޭސީސީގެ މީޑިއާ އޮފިޝަލް ހަސަން މަނިކު ވިދާޅުވީ އެ ކޮމިޝަނުން ތަހުގީގު ކުރަމުންދަނީ ގޯތި ދިނުމުގެ މަރުހަލާގެ ތެރޭގައި ހިނގާފައި ހުރި މައްސަލަތަކެއް ކަމަށާއި އެ މަރުހަލާގައި އޭރުގެ މިނިސްޓަރީން އަމަލު ކޮށްފައި ހުރި ގޮތް ކަމަށެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރި ގޯތީގެ މައްސަލަތަކެއް އޭސީސީން ތަހުގީގު ކުރަމުންދާއިރު، ބިންވެރިޔާ ސްކީމުގެ ދަށުން ކުރީ ސަރުކާރުން ދިން ގޯތި ރެޖިސްޓަރީތަކުގެ ސައްހަކަމާމެދު މިހާރުގެ ހައުސިން މިނިސްޓަރު އަލީ ހައިދަރު ވަނީ ސުވާލު އުފައްދަވައިފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved