April 25, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

ރައީސް ޑރ މުއިއްޒުގެ ކިބައިގައި ތެދުވެރި އެއްވެސް ސިފައެއް އެބަ ހުރިތޯ ރައީސް ޔާމީން ސުވާލު އުފައްދައިފި

Hussain Nawaf
ހުސައިން ނަވާފް
Apr 18, 2025, 04:07 PM

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ކިބައިގައި ތެދުވެރި އެއްވެސް ސިފައެއް ހުރި ތޯ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ސުވާލް އުފައްދަވައިފިއެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވަނީ ޕީޕަލްސް ނޭޝަނަލް ފްރަންޓް ޕީއެންއެފްގެ ފްރަންޓް އޮފީސް ޖަލްސާގައި އޯޑިއެންސްގައި އިންނަވާ ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.

ރައީސް ޔާމީން ވިދާޅުވީ ރައީސް މުއިއްޒު ފަތިސް ނަމާދަށް ވަޑައިގަންނަވާކަން ރައްޔިތުންނަށް އިނގޭ ވާހަކަ ފާހަގަ ކުރެއްވިއެވެ. ނަމަވެސް އެމަނިކުފާނުވަނީ ޓީވީ ސްޓޭޝަންތަކުގެ ކެމެރާތައް އެގަޑީ މިސްކިތްތަކުގައި ހުރުމުން ގިނަ ސުވާލުތަކެއް އުފައްދަވާފައެވެ.

މިހާ ހިސާބަށް ދިޔަ އިރު ދިވެހި ރައްޔިތުންނަށް މިކަންކަން ސާފު ވާނެ. މުއިއްޒު އިންޓަވިއުގައި އެ ވިދާޅުވަނީ ތިމަންނަ އަކީ އިހްލާސްތެރިކަމާއެކު މަސައްކަތް ކުރައްވާނެ ބޭފުޅެއްކަމަށް، ދޮގު ނަހަދާނެ ކަމަށް، އެހެންނަމަވެސް މިހާރު ދެން ތި ވިދާޅުވަނީ އެކި ނަންނަމުގައި މުއިއްޒު ދޮގު ހަދާ ވާހަކަ. ދެން ތެދުވެރިކަން. މުއިއްޒު ތެދުވެރި އެއްވެސް ސިފަ އެއް އެބަ އޮތް ތޯ؟ އޮތް ނަމަ އަޅުގަނޑުމެންނަށް ކިޔައި ދެއްވާ.

ރައީސް ޔާމީން

ރައީސް ޔާމީން ވިދާޅުވީ ރައީސަކަށް ހުންނަ ބޭފުޅަކަށް ވެރިކަން ކުރައްވަން ފަސޭހަފުޅު ވާނީ ތެދުވެރިކަމާ އެކު ތެދުބަހުން ވާހަކަ ދެއްކެވުމުން ކަމަށެވެ.

ނަމަވެސް މިއަދު ފެނިގެންދަނީ ރައީސް ރައްޔިތުންނަށް ދޮގު ހައްދަވާ މަންޒަރުކަމަށް ވިދާޅުވެވަނީ އެކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved