April 18, 2026
Advertisement
ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ސިޔާސީ ދައުވާތައް އަނބުރާ ގެންދަން ގޮވާލައިފި
ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ސިޔާސީ ދައުވާތައް އަނބުރާ ގެންދަން ގޮވާލައިފި / ރައީސް އޮފިސް

ރައީސް ޔާމީންގެ މައްޗަށް ކުރާ ހުރިހާ ދައުވާތައް އަނބުރާ ގެންދަން ގޮވާލައިފި

Mariyam Isaadha
މަރިޔަމް އިސާދާ
Apr 18, 2025, 03:43 AM
މާލެ ސިޓީ

ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ހުރިހާ ދައުވާތައް އަނބުރާ ގެންދަން ގޮވާލައިފިއެވެ.

Advertisement

މިފަދައިން ގޮވާލާފައިވަނީ އެމަނިކުފާނުގެ އިސް ގާނޫނީ ވަކީލު އަދި ރާއްޖޭގެ ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދުއެވެ.

ޕީއެންއެފްއިން ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ ޖަމީލު އަދުގެ ޕީޖީ އައްބާސް ޝަރީފު އިންސާފު މިނެކިރުމުގައި ތަފާތުކުރުން ގެންގުޅޭ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ޑރ ޖަމީލު ވިދާޅުވީ، މި ސަރުކާރު ގެންނަން އެންމެ ފުރަތަމަ ރައްޔިތުން ވޯޓުދިން ސަބަބު ބަލާލުން މުހިއްމު ކަމަށެވެ.

މި ސަރުކާރު ގެންނަން އެންމެ ބުރަ މަސައްކަތްކުރި ރައްޔިތުންގެ ތެރެއިން ރައްޔިތުން މިއަދުވެސް ޕީއެންއެފުގެ ތެރޭގައި އެބަ ތިބި ކަމަށާ އެގޮތުން އެ ރައްޔިތުން ވެސް މަގުތަކަށް ނުކުމެ ބުރަ މަސައްކަތްކުރީ ރައީސް ޔާމީން ސިޔާސީ ދައުވާތަކުން މިނިވަންކުރުމަށް ކަމަށެވެ. އަދި އެއީ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއް ކަމަށާ ނަމަވެސް މިއަދު ފެންނަމުން ދަނި ޕީޖީ ވަކި ގޮތަކަށް ހެނދުން އަޅުއްވައިގެން އިންސާފުގެ މީޒާނުގައި ވަކި މީހަކަށް މިނެކިރުމުގައި ތަފާތު ގެންގުޅޭ މަންޒަރު ކަމަށެވެ.

ޑރ ޖަމީލު ވިދާޅުވީ ހެނދުން އަޅާ ގޮތަކުން މީހެއްގެ ހަިއބަތު ނުދައްކާނެ ކަމަށާ ހައިބަތު ފެންނާނީ އެމީހަކު އެހެން މީހުންނާ މެދު އަދުލުވެރިވެގެން ކަމށެވެ.

ޑރ ޖަމީލު ވަނީ އެހެންކަމުން ރައީސް ޔާމީންގެ މައްޗަށް ކުރާ ސިޔާސީ ދައުވާތައް ވަގުތުން އަނބުރާ ގެންދިއުމަށް ގޮވާލައްވާފައެވެ.

ޑރ ޖަމީލު ވިދާޅުވީ، މި ސަރުކާރުން ގެންދަނީ އެއް މައްސަލައެއްގައި އެއް ބައެއްގެ ދައުވާ އަނބުރާ ގެންގޮސް އަނެއް ބައެއްގެ މައްޗަށް ހަމަ އެ މައްސަލައިގައި ދައުވާ އުފުލާ މައްސަލަ ކުރިއަށް ގެންދަމުން ކަމަށެވެ.

ޑރ ޖަމީލު ވަނީ މިއަދު ޝަރުއީ ނިޒާމު ފެއިލުކޮށް ސުޕްރީމު ކޯޓަށް ނުފޫޒު ފޯރުވަމުން ގެންދަވާކަން ވެސް ފާހަގަކުރައްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved