March 16, 2026
Advertisement
ރައީސް ޑރ. މުހައްމަދު މުއިއްޒު
ރައީސް ޑރ. މުހައްމަދު މުއިއްޒު / ރައީސް އޮފިސް

އަތޮޅު ކައުންސިލްތައް އުވާލުމުގެ މަސައްކަތް ރައީސް މުއިއްޒު ފައްޓަވައިފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Apr 18, 2025, 05:07 PM
މާލެ ސިޓީ

ރިޔާސީ އިންތިހާބުގައި ދެވަނަ ބުރަކަށް ނުދާހެން، އެއްބުރުން ރައީސަކު ހޮވޭގޮތަށް ގާނޫނު އަސާސީ ބަދަލުކުރުމަށާއި، އަތޮޅު ކައުންސިލްތައް އުވައިލުމަށް ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީ މެންބަރުންގެ ތާއީދަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.

Advertisement

ރައީސް އެކަމަށް އެދިވަޑައިގަތީ ބުދަ ދުވަހު މުލީއާގޭގައި މަޖިލިސް މެންބަރުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

އެގޮތުން އެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު އުވާލުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން މަޖިލީހުން ފާސްކުރަން ތާއީދުކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ.

އަދި ރިޔާސީ އިންތިހާބާއި މަޖިލީސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ގާނޫނު އިސްލާހުކުރަން ބޭނުންފުޅުވާ ކަމާއި އަތޮޅު ކައުންސިލްތައް އުވައިލުމަށް ނިންމައި، ރަށްރަށުގެ ކައުންސިލަރުންގެ އަދަދު މަދުކުރުމާމެދު ވެސް ރައީސް ވަނީ އެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވާފަ އެވެ.

މާނައަކީ އެއް ބުރުން ނިމޭނެއޭ. އެއް ބުރުން އެއްވަނަ ދެވަނަ ސާފުވާ ގޮތަށް، އަވަށްޓެރި ބައެއް ގައުމުތަކުގައި ވެސް އޮވޭ އެހެން

މުއިއްޒު

ކައުންސިލަރުންގެ އަަދަދު މަދުކުރުމަކީ އެންމެ ފުރަތަމަ ރައީސް މީޑިއާއަށް ހާމަކުރެއްވި ހިޔާލުފުޅެވެ.

އެއާއެކު އިދިކޮޅުގެ އެމްޑީޕީގެ ފާޑުކިޔުމާއި، ކަންބޮޑުވުން ވަރަށް ބޮޑަށް އަމާޒުވިއެވެ. އަދި ބައެއް ކައުންސިލަރުންނާއި، ކައުންސިލްތަކުން ވެސް ކަންބޮޑުވުން ފާޅުކުރިއިރު އާންމުންގެ ތެރެއިން ވެސް ނުރުހުން އަމާޒުވި އެވެ.

މީގެއިތުރުން ވެރިކަމުގެ ހުވާ ކުރާ ދުވަސް ޖުމްހޫރީ ދުވަހަށް ބަދަލުކުރުމަށް ވެސް ރައީސް ހުށަހަޅުއްވާނެ އެވެ. އެއީ ކޮންމެ އަހަރެއްގެ ވެސް ނޮވެމްބަރު 11 ވަނަ ދުވަހެވެ.

ރައީސް އަބްދުﷲ ޔާމީންއާ ހަމައިން ފެށިގެން އިންތިހާބީ ރައީސް ހުވާ ކުރައްވަމުން ގެންދަވާފައި ވަނީ ނޮވެމްބަރު 17 ވަނަ ދުވަހު އެވެ. އެއީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ބޭއްވުން ލަސްވުމާ ގުޅިގެންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved