

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު އުވާލަން ރައީސް ޑރ މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތަށް، ޕީއެންއެފްގެ އިސް ސަފުގައި މަސައްކަތްކުރައްވާ މުހައްމަދު އަހުމަދު ވަހީދު (ވައްޑެ) ފާޑުވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު އުވާލަން މަޖިލިސް މެމްބަރުން ތާއީދުކުރުމަށް ރައީސް މުއިއްޒު އެދިވަޑައިގެންނެވިކަމަށް ބުނެ ލިޔެފައިވާ ޚަބަރެއްގެ ސުރުޚީ ހިއްސާކުރައްވާ ވައްޑެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަތީ ކޯޓަށް އެކަނި އަތްބާނާލައިގެން ރައީސް މުއިއްޒު ފަރުޖައްސާ ނުލެއްވި ކަމަށެވެ.
އެގޮތުން ފަނޑިޔާރުން މަހާޒު ޒާހިރުއާ، ޑރ އަޒްމިރަލްދާ ޒާހިރުވެސް ވަކިކޮށްގެންވެސް ފަރުޖައްސާލެވޭ ވަރެއް ރައީސް މުއިއްޒަށް ނުވި ކަމަށް ވިދާޅުވެ ވައްޑެ ވިދާޅުވީ ރައީސް މުއިއްޒުގެ ކިބައިން ފެނިވަޑައިގަންނަވަނީ ޑިކްޓޭޓަރޝިޕްގެ އިތުރު ފިޔަވަޅެއް ކުރިއަށް އަޅުއްވާފައިވާ މަންޒަރު ކަމަށެވެ.
މަތީ ކޯޓަށް އެކަނި އަތްބާނާލައިގެން އެކަނި މިއްމައެއް ނުލެވުނު ދެއްތޯ @MMuizzu މަހާޒާއި، އަޒްމިރަލްޑާ ވަކިކޮށްގެންވެސް ފަރުޖައްސާލެވޭ ވަރެއްނުވި ދެއްތޯ ؟؟ މިއޮތީ ޑިކްޓޭޓަރޝިޕްގެ އިތުރު ފިޔަވަޅެއް ކުރިއަށް އަޅުއްވާފަ! ދެވަނަ ބުރު އުވާލިޔަސް މުއިއްޒަށް ކުރިއެރުމެއް އޮތްހެނެއް… pic.twitter.com/KHsoKm5G6w
— WADDE 🇲🇻 (@wadde_mv) April 17, 2025
އެހެންނަމަވެސް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު އުވާލިޔަސް ރައީސް މުއިއްޒަށް ކުރިއެރުމެއް އޮތްހީނުވާ ކަމަށް ވިދާޅުވެ ވައްޑެ ވިދާޅުވެފައިވަނީ މާދަމާ ވޯޓެއް ލީ ނަމަވެސް ރައީސް މުއިއްޒު ދެވަނަ ބުރަކަށް ﷲގެ އިރާދައިން ދަތުރުނުކުރާނެ ކަމަށެވެ.
އެގޮތުން ރައްޔިތުން ތިބީ ވޯޓު ކަރުދާސް އަތަށް އަރާނެ އިރެއްގެ އިންތިޒާރުގައިކަން ފާހަގަކުރައްވާ ވައްޑެ ވިދާޅުވީ ރައްޔިތުން ސައްޕެއް ޖަހާ ރައީސް މުއިއްޒު ބޭރުކޮށްލާނެ ކަމަށެވެ. އަދި ރައީސް މުއިއްޒުހާ ޚުދުމުޚުތާރު މަވަތަ ވެރިއެއް ދިވެހި ތާރީޚު ނުދެކޭ ކަމަށްވެސް ވައްޑެ ވިދާޅުވެފައިވެއެވެ.