March 10, 2026
Advertisement
ޑރ ޖަމީލް، ޕީއެންއެފް ޖަލްސާއެއްގައި ވާހަކަދައްކަވަނީ
ޑރ ޖަމީލް، ޕީއެންއެފް ޖަލްސާއެއްގައި ވާހަކަދައްކަވަނީ / ތޭރަ އޮންލައިން

ރައީސް ޑރ މުއިއްޒު ޣައްދާރުވެފައިވަނީ ދިވެހި ރައްޔިތުންނަށް: ޑރ ޖަމީލް

Hussain Nawaf
ހުސައިން ނަވާފް
Apr 20, 2025, 08:52 PM

ރައީސް ޑރ މުހައްމަދު މުއިއްޒު ޣައްދާރުވެފައިވަނީ ދިވެހި ރައްޔިތުންނަށްކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

Advertisement

ޑރ ޖަމީލް މިފަދައިން ވިދާުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން ޢިލްމީ ވާހަކަތަކަށް ރައްދުދޭންޖެހެނީ ޢިލްމީ ގޮތުންކަމަށް ޑރ ޖަމީލްގެ ޕޯސްޓުގައިވަނީ ފާހަގަ ކުރައްވާފައެވެ.

ކީރިތި ގުރުއާނުގައި ދޮގު ހަދާ ފަރާތްތަކާއި ބެހޭގޮތުން الله ގެ ލަޢްނަތް އެފަރާތްތަކަށް ލިބިގެންވާކމަށް ފާހަގަކޮށް ދޮގު ހަދާ މީހުންނަކީ الله ގެ އާޔަތްތަކަށްވެސް އީމާން ނުވާމީހުންކަމަށް ކީރިތި ގުރުއާނުގައި ވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން މަސްއޫލިއްޔަތުތަކާއި ޙަވާލުވެފައިވާ މީހަކު ރައްޔިތުންނަށް މަކަރު ހެދުން މަތީ ދެމިހުރެ މަރުވެއްޖެނަމަ އެމީހަކަށް ސުވަރުގެ ޙަރާމްވާނެކަމަށް ޑރ ޖަމީލް ފާހަގަ ކުރެއްވިއެވެ.

ރައީސް ޑރ މުހައްމަދު މުއިއްޒަކަށް ހުރިހާ މޮޅެއް ނުވެވޭނެ ކަމާއި އެއްކޮޅުން ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރާނެކަމަށް ވަޢުދުވެ ވޯޓް ހޯދައި އެކަމަށް ވީ ޚިޔާނާތްކަމަށް ޑރ ޖަމީލް ފާހަގަ ކުރެއްވިއެވެ.

ވޯޓްދިން ރައްޔިތުންނަށް ޢައްދާރުވެ އެ ބާތިލް ޝަރީޢަތްކަމަށް ޚުދުވިދާޅުވި ޝަރީޢަތް މިއަދު ކުރިޔަށް ގެންދަވާކަންވެސް ޑރ ޖަމީލް ފާހަގަ ކުރެއްވިއެވެ.

އެގޮތުން ދީނުގައި މިފަދަ ގޮތްގޮތަށް މަކަރު ހަދާ ދޮގު ހަދާ ފަރާތްތަކުގެ ޙުކުމް އޮތްގޮތޭ ބުނުމުން އެހެން ހަދާންކޮށްދޭ ފަރާތްވެސް ގޯސްވާކަމަށް ޑރ ޖަމީލްގެ ޕޯސްޓުގައި ފާހަގަ ކުރެއްވިއެވެ.

ނަމަވެސް މުއިއްޒު އަކީ މި ޓިކެޓް އަމާނާތެއް ގޮތަށް ޙަވާލުވި ފަރާތެއް ކަމާއި އެވާހަކަތައް އެއީ ނުދައްކާ، އެއީ ޙަގީގަތެއް ނުވާކަމެއް ކަމަށް ނުހެދޭނެކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ.

އެގޮތުން ޑިމޮކްރެޓިކް މުޖްތަމަޢެއްގައި ވޯޓް ހޯދަން ބޭނުންކުރާ އަސާސްއާ ޚިލާފުވުމަކީ ވެރިކަމުގެ ލެޖިޓިމަސީ ގެއްލޭކަމެއް ކަމާއި އަޅުގަނޑު ޒާތީ ގޮތުން ދެކެނީ މުއިއްޒު ވެރިކަމުން ބާލަން ރައްޔިތުން ތެދުވާން ވެއްޖެކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ.

އަދި ރައީސް މުއިއްޒު މަގާމުން އިސްތިއުފާވެސް ދެއްވަން ޖެހޭކަމަށް އެމަނކުފާނުގެ ޕޯސްޓު ނިންމާލަމުންވަނީ ފާހަގަ ކުރައްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved