އެ މިސައިލް ދަތުރު ކުރި ރާސްތާގެ ފޮޓޯއެއް / ސޯޝަލް މީޑިއާ
ދުނިޔެ
ޔަމަނުގެ ހޫތީން ހައިޕަސޮނިކް މިސައިލް ސަހްޔޫނީންނާއި ދެކޮޅަށް ބޭނުންކޮށްފި
Hussain Nawaf
ހުސައިން ނަވާފް
21 އޭޕްރީލު 2025

ޔަމަނުގެ ހޫތީން ހައިޕަސޮނިކް މިސައިލް ސަހްޔޫނީންނާއި ދެކޮޅަށް ބޭނުންކޮށްފިއެވެ.

ވަގުތުން ޒިންމާ ނަގާފައި ނުވި ނަމަވެސް، ހޫތީން ވަނީ ބެން ގުރިއަން އެއާޕޯޓާއި ޓެލް އަވީވްގެ އަސްކަރީ ސައިޓަކަށް ދެ މިސައިލް ޖަހާފައިވާކަން ކަށަވަރުކޮށްދީފައެވެ. އަދި އޭގެ ތެރެއިން އެއް މިސައިލަކީ ހައިޕަރސޮނިކް މިސައިލެއްކަމަށް ހޫތީންވަނީ ކަށަވަރުކޮށްދީފައެވެ.

އެމެރިކާ ސިފައިން 15 މާޗް އިން ފެށިގެން ޔަމަނުގެ ހޫތީގެ ބާރުގަދަ ތަންތަނަށް އަމާޒުކޮށް ބޮން އަޅަމުންދާ އިރު ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެ ސަރަހައްދުގައި އެގައުމުގެ ޕްރޮކްސީން ދިން ހަމަލާތަކަށް އީރާނުން ޖަވާބުދާރީ ކުރުވުމަށް ވައުދުވެފައެވެ.

މި މިސައިލްތަކުގެ ސަބަބުން ވިޔަފާރި ފްލައިޓްތަކަށް ހުއްޓާލައި އިޓަލީގެ އައިޓީއޭ އެއާވޭސްއަށް ފްލައިޓެއް ޑައިވަރޓް ކުރަން މަޖުބޫރުވިއެވެ. ނަމަވެސް ޓެލް އަވީވްގައި ސަލާމަތުން އެ ފްލައިޓު ޖެއްސިކަން ރިޕޯޓުކޮށްފައިވެއެވެ.

މީގެ އިތުރުން ހޫތީން ބުނީ ޔޫއެސްއެސް ހެރީ އެސް ޓްރޫމަން މަތިންދާބޯޓު އުފުލާ މަނަވަރު ހިމެނޭ ގޮތަށް ރެޑް ސީގައި ހަރަކާތްތެރިވާ އެމެރިކާގެ ހަނގުރާމަ މަނަވަރުތަކަށްވެސް މިސައިލާއި ޑްރޯން ފޮނުވާފައިވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved