June 18, 2026
Advertisement
ރައްޔިތުންގެ މަޖިލީހުގެ ތަޅުން
ރައްޔިތުންގެ މަޖިލީހުގެ ތަޅުން / -

މަޖިލީހުގެ މިއަދުގެ ޖަލްސާވެސް ކެންސަލް

Hussain Nawaf
ހުސައިން ނަވާފް
Apr 22, 2025, 08:15 PM

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާވެސް ކެންސަލްކޮށްފިއެވެ.

Advertisement

މިއަދުގެ ޖަލްސާ ކެންސަލް ކުރި ސަބަބެއް ސާފެއް ނޫނެވެ.

ޖަލްސާ ކެންސަލް ކުރީ މިވަގުތު ތަޅުމުގައި ބިލެއް ނެތުމުގެ ސަބަބުން މަސައްކަތެއް ނެތުމުން ކަމަށް ގަބޫލުކުރެވޭ އެހެންނަމަވެސް، ކޮމިޓީތަކުގައި ބިލުތަކުގެ މަސައްކަތް ކުރިއަށް ދިޔަކަން ފާހަގަ ކުރެވެއެވެ.

މަޖިލީހުގެ ޖަލްސާތައް އާންމުކޮށް ބާއްވަނީ ހޯމަ، އަންގާރަ އަދި ބުދަ ދުވަހުއެވެ.

ޖަލްސާ ކެންސަލްކޮށްފައި ވަނީ، ބޮޑު ބަންދަކަށް ފަހު މަޖިލީހުގެ ގިނަ ޖަލްސާތަކެއް ކެންސަލްކުރާތީ ބައެއް މެންބަރުންގެ ޝަކުވާ ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން، މިދިޔަ ހަފުތާގައި މަޖިލީހުގެ ތިން ޖަލްސާއެއް ބޭއްވި ނަމަވެސް އޭގެ ކުރީ ހަފުތާގައި ޖަލްސާއެއް ބާއްވާފައި ވަނީ އެންމެ ދުވަހަކުއެވެ.

ރަމަޟާން މަހުގެ ފަހު 10ގެ ބަންދާއި، އީދު ބަންދަށް ފަހު މަޖިލީހުގެ މަސައްކަތްތައް ފެށީ މި މަހު ހަތެއްގައެވެ. އެ ދުވަހުގެ ޖަލްސާގައި ވެސް ސަރުކާރުގެ ފަރާތުން ގަރާރެއް ނުވަތަ ކުއްލި މައްސަލައެއް ހުށަހަޅައިފައެއް ނުވެއެވެ. އަދި ޖެހިގެން އައި ދުވަހަށް ތާވަލު ކުރި ޖަލްސާވެސް ކެންސަލްވިކަން ފާހަގަ ކުރެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved