މޫސުން ގޯސްވުމާ ގުޅިގެން މޫސުމާ ބެހޭ ގައުމީ އިދާރާއިން ބައެއް ހިސާބުތަކަށް ވައިޓު އެލާޓު ނެރެފިއެވެ.
އެގޮތުން ވައިޓު އެލާޓު ނެރެފައިވަނީ ބ އަތޮޅުން ފެށިގެން ތ އަތޮޅާ ހަމައަށެވެ. ވައިޓު އެލާޓު ނެރެފައިވަނީ ހެދުނު 8:15 އިން ފެށިގެން މެންދުރުފަހު 3:00 އާ ހަމައަށެވެ.
އެ އިދާރާއިން ބުނެފައިވާ ގޮތުގައި މި ވަގުތު ތަކުގައި އެހިސާބުތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވާކަމަށެވެ. އަދި މި ހިސާބުތަކަށް ގަޑިއަކު 19 މޭލާ 24 މޭލާ ދެ،ެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަނޑިއަކު 40 މޭލު ބާރު މިނުގައި ވައިގަދަވެ ކަނޑުތަށް ގަދަވާނެ ކަމަށް މެޓު އޮފީހުން ވަނީ ލަފާ ކޮށްފައެވެ.
Alert White for heavy rain, thunderstorms, strong winds, and rough seas. pic.twitter.com/BlWsBndYpR
— Maldives Meteorology (@MetMaldives) February 16, 2024
މީގެ އިތުރުން މެޓު އޮފީހުން ލަފާ ކޮށްފައިވާ ގޮތުގައި ދެކުނާއި މެދުރާއްޖެތެރޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއިއެކު ގުގުރާނެއެވެ.
އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާއިރު އުތުރުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެކަމަށް މެޓު އޮފީހުން ބުނެފައިވެއެވެ.
މީގެ އިތުރުން މެދުރާއްޖެތެރެއާއި އުތުރުގެ ކަނޑުތައް ގަދަވާނެކަމަށާއި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަވާނެކަމަށްވެސް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.