theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
އަޒްމިރަލްދާ ވަނީ ރައީސަށް ސިޓީއެއް ހުށަހަޅާފައި / ރައީސް އޮފިސް
ހަބަރު
އަޒްމިރަލްދާގެ ސިޓީއެއް ރައީސް މުއިއްޒަށް!
Mariyam Isaadha
މަރިޔަމް އިސާދާ
22 އޭޕްރީލު 2025
މާލެ ސިޓީ

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އާއި މަހާޒު އަލީ ޒާހިރުގެ މައްސަލަތަކެއް ބެލުމަށްފަހު އެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރަން ނިންމައި ޖުޑީޝަލް ސާވިސް ކޮމިޝަނުން އެކުލަވާލި ރިޕޯޓާ ގުޅިގެން ރައީސް ޑރ މުހައްމަދު މުއިއްޒަށް އަޒްމިރަލްދާގެ ފަރާތުން ސިޓީއެއް ފޮނުއްވައިފިއެވެ.

ސިޓި ފޮނުވާފައިވަނީ ޖޭއެސްސީއިން އޭނާގެ މައްސަލަ ބަލަން އެކުލަވާލި ކޮިޓީގައި ތިބި ތިން މެމްބަރުންގެ ތެރެއިން ދެ މެމްބަރުންނަކީ ސިދާ ރައީސް އެ ކޮމިޝަނަށް އައްޔަންކޮށްފައި ތިބި މެމްބަރުންނަށް ވެފައި އެ މެމްބަރުން ހިމެނޭހެން އޮތް ކޮމިޓީއިން އެކުލަވާލި ފައިނަލް ރިޕޯޓުގައި ދޮގު ހިމަނާފައިވާތީ އެވެ.

އަޒްމިރަލްދާގެ ފިރިކަލުން ޑރ އިސްމާއިލު ހައްޔަރުކޮށް މުއްދަތު ޖަހަން ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން ފަނޑިޔާރު މަހާޒު އަލީ ޒާހިރުއާ އަޒްމިރަލްދާވެސް އެ ކޯޓުގެ ގާޒީއިންނަށް ނުފޫޒު ފޯރުވިކަމަށް ބުނެ ދެ ފަނޑިޔާރުން ސަސްޕެންޑްކޮށް ސުލޫކީ މައްސަލަ ބަލަން ފެށީ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އެގޮތުން ޖޭއެސްސީން އެކުލަވައިލި ކޮމިޓީން މިދިޔަ ފެބްރުއަރީ މަހުގެ 26ގައި އަޒްމިރަލްދާއަށް ފޮނުވާފައިވާ ނޯޓިސްގައި ވަނީ، އޭނާގެ މައްޗަށް ތުހުމަތުކުރަނީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ގުޅައި އޭނާގެ ފިރިމީހާ ޑރ. އިސްމާއީލް ލަތީފްގެ ޝަރީއަތަށް ނުފޫޒު ފޯރުވާފައިވާ މައްސަލައެއް ކަމަށެވެ. މިއީ އެ ކޮމިޝަނަށް ލިބުނު ޝަކުވާއަކާ ގުޅިގެން ބަލާ މައްސަލައެއް ކަމަށް ވެސް އެ ނޯޓިސްގައި ވެއެވެ.

ނަމަވެސް މައްސަލަ ބަލާ ނިންމާ ފައިނަލް ރިޕޯޓު ކޮމިޓީއިން އެކުލަވާލާ ފޮނުވިއިރު އޮތީ އެ ތުހުމަތު ނޫން ކަމަށް އަޒްމިރަލްދާ ހާމަކޮށްފައެވެ. އެގޮތުން އަޒްމިރަލްދާގެ ވަކީލު އިބްރާހީމް ޝަމީލް ނެރުނު ނޫސް ބަޔާނުން އެނގޭ ގޮތުގައި އަޒްމިރަލްދާއާ ގުޅޭގޮތުން ޖޭއެސްސީން ބެލި މައްސަލައިގައި، މައްސަލަ ބަލަން ފެށިއިރު ކުރި ތުހުމަތާ މައްސަލަ ބަލައި ނިމުނުއިރު ކޮށްފައި އޮތް ތުހުމަތު ތަފާތުކަމެވެ.

އެހެންކަމުން ފަނޑިޔާރުގެ މައްސަލަ ބަލާ ކޮމިޓީގައި ތިއްބެވި ތިން މެންބަރުންގެ ތެރެއިން ދެ މެންބަރުންނަކީ ސީދާ ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރައްވާ ދެ ބޭފުޅުންނަށް ވުމުންއީސް އައްޔަނުކުރައްާފައިވާ ދެ މެންބަރުން ތިއްބަވާ ކޮމިޓީއަކުން ހަގީގަތާ ޚިލާފަށް މައްސަލަ ބަލައި ނިންމުމުން އަޒްމިރަލްދާ ވަނީ އެކަން ސިޓީއަކުން ރައީސަށް ދަންނަވާފައެވެ.

ސިޓީގައިވާ ކަންކަމުގެ ތެރޭގައި، ފަނޑިޔާރުންގެ މައްސަލަ ބެލި ކޮމިޓީން އަމަލު ކޮށްފައި ވަނީ ފަނޑިޔާރުންނަށް ކުރެވުނު ތުހުމަތުތަކުން ދިފާއުވުމުގެ އަސާސީ ހައްގާއި ހިލާފަށް ކަމަށެވެ.

އަޒްމިރާލްދާގެ ފިރިކަލުން، ޑރ. އިސްމާއިލް ލަތީފް ޑިސެމްބަރު 4، ގައި ހައްޔަރު ކުރީ ބަރަހަނާ ހާލުގައި ނޫން ކަމަށް ކޮމިޓީއަށް އަޒްމިރާލްދާގެ ފަރާތުން ހުށަހަޅާފައިވާ ހެކިތަކުން އެނގެން އޮންނާނެ ކަމަށެވެ. ނަމަވެސް ލަތީފް ހައްޔަރުކުރަން ފުލުހުން އެތަނަށް ދިޔައިރު، އޭނާ ހުރީ ބަރަހަނާ ހާލުގައި ކަމަށް މައްސަލަ ބަލައި ނިންމި ގޮތުގެ ރިޕޯޓުގައި ބަޔާން ކޮށްފައި އޮތުމުން އެ މައްސަލަ ވެސް އަޒްމިރާލްދާގެ ވަކީލުން ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން އަޒްމިރާލްދާގެ ފިރިކަލުން މައްސަލައެއްގައި ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އެ ކޯޓުގެ ފަނޑިޔާރުންނަށް އަޒްމިރަލްދާ ފޯނުން ގުޅުއްވައި ނުފޫޒު ފޯރުވި މައްސަލަ ކަމަށް ނަމަވެސް، އެ މައްސަލަ ބަލައި ނިންމުމަށްފަހު، މައްސަލަ ބެލި ޖޭއެސްސީގެ ކޮމިޓީން ތައްޔާރުކުރި ރިޕޯޓުގައި ބުނެފައި ވަނީ އަޒްމިރާލްދާ ފަނޑިޔާރުކަމުން ވަކި ކުރަން ނިންމީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު، މަހާޒު އަލީ ޒާހިރު މެދުވެރިކޮށް ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި މައްސަލައިގައި ކަމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved