March 27, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ސޯޝަލް މީޑިއާ

ހައްގުތައް ނިގުޅައިގަނެ ގެއްލުވާލާ އެކަން އޮއްބާލަން ވެސް އުޅެނީ ވެރިކަމުގެ ފަރާތުން: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Apr 25, 2025, 03:51 AM
މާލެ ސިޓީ

ރައްޔިތުންގެ ހައްގުތައް ނިގުޅައިގަނެ ގެއްލުވާލާ އެކަން އޮއްބާލަން ވެސް އުޅެނީ ވެރިކަމުގެ ފަރާތުން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

މާލޭގެ ގެއެއްގެ މަތިން ފުރާޅެއްގެ މައްޗަށް އަންހެނަކު ވެއްޓުނު ހާދިސާގައި ސަރުކާރާ އަދި ފުލުހުން ވެސް އަމަލުކުރަމުންދާ ގޮތާ މެދު ކަންބޮޑުވުން ފާޅުކުރައްވާ ރައީސް ޔާމީން ވިދާޅުވީ، މިއަދު ފަރސްޓް ލޭޑި ކޮބާ ކަމާ އިންސާނީ ކަރާމާތާ މީހުންގެ ކަރާމާތް ކޮބައި ކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ވަކި މައްސަލައެއްގައި ވަކި ގޮތަކަށް އަމަލުކުރަމުންދާ ކަމަށާ ނަމަވެސް އެކަން ފާހަގަކުރީމަވެސް އޮޅުވާލަން މަސައްކަތްކުރާކަން ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، ފުރާޅެއްގެ މަތިން އަންހެނަކު ވެއްޓި އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު އޭނާއަށް އިންސާފު ހޯދުމަށް އެދި ގޮވާލާ ރައްޔިތުން ނުކުތުމުން ދެން ދައްކަން ނުޖެހޭ މިންވަރަށް މުޅި ގައުމަށް އެ ކުއްޖާ ފަލީހަތްކޮށް ވީޑިއޯ ދެއްކިއިރު އެ ކުއްޖާގެއާ އާއިލާގެ ކަރާމާތް ނެތީ ތޯވެސް ރައީސް ޔާމީން ސުވާލު އުފެއްދެވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ފުލުހުން މުއައްސަސާއަކީ މިއަދު މިނިވަންކަމާ އިންސާފުވެރިކަމާ އެކީ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރުމަށް އަދުލު އިންސާފު ގާއިމުކުރުމަށް ޖިނާއީ ތަހުގީގުތައް ކުރެވޭނެ ކެޕޭސިޓީ ހުރި ބައެއް ކަމަށް ގަބޫލުކުރަން ދަތިކަމަށެވެ.

ރައީސް ޔާމީން ވަނީ އެ އަންހެން މީހާއަށް އަވަސް ޝިފާއަކަށް އެދި އިންސާފު އަވަސްކުރަން ގޮވާލާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved