ފުލުހުންގެ 92 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ހުޅުމާލެ ސިންތެޓިކް ޓްރެކްގައި ބޭއްވި ޖަލްސާގައި ރައީސް ޑރ. މުއިއްޒު ވާހަކަފުޅު ދައްކަވަނީ / ރައީސް އޮފިސް
ހަބަރު
ހުސް ގޮނޑި ހިފައިގެން ކުރި ކެމްޕެއިންގައި މަސްތުވާ ކުދިން ބޭނުންކުރުމަށް ފަހު މުއިއްޒަށް ގޯސްވީ އެމްޑީޕީ!
25 އޭޕްރީލު 2025
މާލެ ސިޓީ

ހުސް ގޮނޑި ހިފައިގެން ކުރި ކެމްޕެއިންގައި މަސްތުވާ ކުދިން ބޭނުންކުރުމަށް ފަހު ރައީސް މުހައްމަދު މުއިއްޒަށް އެމްޑީޕީ ގޯސް ވެއްޖެއެވެ.

ފުލުހުންގެ 99 ވަނަ އަހަރީ ދުވަހުގެ މުނާސަބާގައި ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވަނީ، މިދިޔަ ހުކުރު ދުވަހުގެ ފަތިހު ހައްވާ ޔުމްނު ރަޝީދު 21، އުސް އިމާރާތެއްގެ މަތިން ވެއްޓުނު ހާދިސާ ވަރަށް ބޮޑަށް ސިޔާސީ ކުރައްވާ ވާހަކަފުޅު ދައްކާވަފައެވެ.

އެގޮތުން ރައީސް މުއިއްޒު ވަނީ، ސިޔާސީ ގޮތުން އެކި ކަހަލަ ކަންކަން ހިންގަން އުޅޭ މީހުންނަށް ފުރުސަތު ދިނުމުގެ ބޭނުމެއް ނެތް ކަމަށެވެ.

ހެންވޭރުގައި ހުންނަ ގެއެއްގެ ކުޑަދޮރަކުން އަންހެނަކު ވެއްޓުނު ހާދިސާ އާއި އެ ހާދިސާއާ ގުޅުން ހުރި ކަންތަކަށް އިޝާރާތްކުރައްވާ ރައީސް ވިދާޅުވީ ހިނގައިގެން އުޅެނީ ވަރަށް ހިތާމަވެރި ކަމެއް ކަމަށެވެ.

މިހާރު ހިނގައިގެން މިއުޅޭ ހިތާމަވެރި، ވަރަށް ހިތާމަވެރި ހާދިސާއެއް. ވިސްނާލާއިރު ވެސް މިކަމުގެ އެންމެ ބޮޑު ޒިންމާއެއް ނަގަން ޖެހޭނީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަދި އިންސާފަށް ލޯބިކުރާ ކޮންމެ މީހަކު ވެސް ގަބޫލުކުރާނެ ގޮތުގައި ބިރަކާ ނުލާ މަޖާކުރުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެއްގެ ގޮތުގައި ޕްރޮމޯޓު ކުރި މީހުން މީގެ އަހަރުތަކެއް ކުރިން، އަޅުގަނޑުމެންގެ މާތް ވެގެންވާ އިސްލާމް ދީން، ދީނުގައި ކަނޑައެޅިފައި ހުރި، އިންތަކާއި މިންތަކާއި، އުސޫލުތަކާއި ހަމަތަކަކީ އެއީ މާ މުހިންމު ކަމެއް ނޫނޭ. މަޖާ ކުރާށޭ. ޒުވާން ކަމުގައި ތި ކުދިން ބޭނުން ގޮތަކަށް އުޅޭށޭ ކިޔާފައި އެ ހިތްވަރު ދިން މީހުން މިއަދު ސިޔާސީ ބޭނުމެއްގައި ނުކުމެ، އެ ކުދިން މިސްޔޫސް ކުރަމުންދާ ދިޔުން ލޯ ހުޅުވައި ބަލަން އެބަ ޖެހޭ. ލޯ ހުޅުވައި ބަލަން އެބަ ޖެހޭ. އޭގެ ވިކްޓިމައިޒް ވެފައި ތިބި ޒުވާނުންތަކެއްގެ ބޭނުންކޮށްގެން ސިޔާސީ ފައިދާ ނަގަން އުޅޭ އުޅުމުގެ ތެރެއަށް ދިވެހި ލޮބުވެތި ރައްޔިތުން ވަނުމަކީ ކޮށްގެން ވާނެ ކަމެއް ނޫން. އެއަށް ވުރެ އަޅުގަނޑުމެން ލޯ ހުޅުވެން ޖެހޭނެ. އަޅުގަނޑުމެން ވާން ޖެހޭނެ ތެދާއި ދޮގު ވަކި ކުރަން އެނގޭ ބަޔަކަށް. އެ ކުދިން އެ މަގު ދިޔައީ ސިޔާސީ އޮއެވަރެއްގައި ޖައްސައިގެން، މި ގައުމުގައި އޮތް މާތްވެގެންވާ އިސްލާމް ދީނުގެ ހަމަތަކާއި، އުސޫލުތަކާއި، އަޅުގަނޑުމެންގެ ތެރޭގައި އޮތް ރީތި އާދަތަކުން ބޭރަށް މި ގައުމު ނެރެ އެހެން މަގަކުން ގެންދަން ކުރި މަސައްކަތުގެ ނަތީޖާއެއްގެ ސަބަބުން.

- ރައީސް މުއިއްޒު

ރައީސް މުއިއްޒު މިފަދައިން ވިދާޅުވެފައިވާއިރު، ބިރަކާ ނުލައި މަޖާކުރުމަކީ އެމްޑީޕީގެ ކެމްޕޭންތަކުގައި އާންމުކޮށް ޕްރޮމޯޓް ކުރަމުންދާ ސިޔާސަތެކެވެ. އެހެންކަމުން އެމަނިކުފާނު ރިޔާސީ އިންތިހާބުގައި މަސްތުވާތަކެތި ބޭނުންކުރާ ކަމުގެ ރިކޯޑު އޮތް ކުދިން ބޭނުންކޮށް ކެމްޕެއިންކޮށް އިންތިހާބު ކާމިޔާބުކޮށް ވަޑައިގެން މަގާމުތަކަށް މަސްވުމުގެ ރެކޯޑޫ އޮތް ކުދިން އައްޔަންކޮށްފައިވަނިކޮށް އެފަދަ ކުދިންގެ ފަރާތުން ކަމެއް ހިނގުމުން ރައީސް މުއިއްޒު މިވަނީ އެމްޑީޕީއާ އެކަން ޖާމިނުކޮށް އެއީ އެމްޑީޕީއިން ހިތްވަރު ދިން ކަމެއްގެ ގޮތުގައި ސިފަކުރައްވާ އެކަމުން ރެކެން މަސައްކަތްކުރައްވާފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved