March 16, 2026
Advertisement
ޔުމްނު ވެއްޓުނު ރޭ، އޭނާއާއެކު އުޅުނު ބައެއް މީހުން.
ޔުމްނު ވެއްޓުނު ރޭ، އޭނާއާއެކު އުޅުނު ބައެއް މީހުން. / ޕޮލިސް

ޔުމްނު އިމާރާތަކުން ވެއްޓުން: ނުވަ މީހެއްގެ ފޯނު ފުލުހުން ހިފަހައްޓައިފި

Hussain Nawaf
ހުސައިން ނަވާފް
Apr 26, 2025, 09:33 PM

މި މަހު 17 ވަނަ ދުވަހުގެ ރޭ ހައްވާ ޔުމްނު ރަޝީދު އިމާރާތަކުން ވެއްޓުނު މައްސަލާގައި ނުވަ މީހެއްގެ ފޯނު ފުލުހުން ހިފަހައްޓައިފިއެވެ.

Advertisement

ފުލުހުން މިއަދު ބުނީ ފޯނު ހިފެހެއްޓުމުގެ އަމުރަށް އެދުނު އެންމެންގެ ފޯނު ހިފެހެއްޓުމަށް އަމުރު ލިބުމުން އެ އެންމެންގެ ފޯނު މިހާރު ހިފަހައްޓާފައިވާ ކަމަށެވެ. އަދި އެއީ ޖުމުލަ ނުވަ މީހެއްގެ ފޯނުކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

މި މައްސަލައިގައި ފުލުހުން ފުރަތަމަ ބުނީ ޔުމްނު ވެއްޓުމުގައި ރައުދު ނޫނީ އެެހެން މީހެއްގެ ބައިވެރިވުން ވެސް ނެތް ކަމަށެވެ.

ނަމަވެސް އޭނާ ހައްޔަރު ކުރީ އެ މައްސަލައިގެ ތަހުގީގަށް އޭނާ އެއްބާރުލުން ނުދޭތީ ކަމަށް ފުލުހުން ބުނިކަން ފާހަގަ ކުރެވެއެވެ.

އޭގެ ފަހުން ކްރިމިނަލް ކޯޓުން ރައުދު ބަންދުކުރުމަށް އިއްޔެ ނެރުނު އަމުރުން އެނގުނު ގޮތުގައި، ޔުމްނު ވެއްޓުމުގެ ކުރިން އެ ދެ މީހުންގެ މެދުގައި ހަމަނުޖެހުމެއް ވަނީ ހިނގައިފައެވެ.

މި މައްސަލައިގައި އޭނާ ވެއްޓުމުގެ ކުރިން އެ ރޭ އޭނާއާ އެކު އުޅުނު މީހުންގެ ޕާސްޕޯޓް ހިފަހައްޓައި ފުލުހުން ގެންދަނީ ތަހުގީގު ހިންގަމުންކަން ފާހަގަކޮށްލެވެއެވެ.

އެއީ ރައުދު އަހުމަދު ޒިލާލް، އައިޝަތު ލަޔާލީ އިގުބާލް، އިޒްދިޔާން މުހައްމަދު މައުމޫން، ޔޫސުފް އަހްމަދު އަކްރަމް، ޔޫސުފް ޔައްސާރު އަބްދުލްގަފޫރު، އާމިނަތު ޖުނައިދާ ޖަމްޝީދު، ހުސައިން ހަމީސް އަލީގެ އިތުރުން އިޖާޒު ޖާއިޒެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved