March 10, 2026
Advertisement
ރައީސް އޮފީހުގެ އަންޑަސެކްރެޓަރީ ފޯ ޑިޖިޓަލް ސްޓްރެޓެޖީ ދާއޫދު (ކ) އަދި އޭނާގެ ކޮއްކޮ ރައުދު.
ރައީސް އޮފީހުގެ އަންޑަސެކްރެޓަރީ ފޯ ޑިޖިޓަލް ސްޓްރެޓެޖީ ދާއޫދު (ކ) އަދި އޭނާގެ ކޮއްކޮ ރައުދު. / ފޭސްބުކް

ދޮގު ބަޔާން ދިނުމުން ދާއޫދު މަގާމުން ވަކިކޮށްފިން: ހީނާ

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Jun 19, 2025, 04:34 PM
މާލެ ސިޓީ

ހައްވާ ޔުމްނު ރަޝީދު މާލޭގެ ގެއެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނު މައްސަލަ ތަހުގީގުކުރަން އެކުލަވައިލި ރިޔާސީ ކޮމިޝަނުން ރައީސް އޮފީހުގެ އަންޑަސެކްރެޓަރީ ދާއޫދު އަހްމަދު ޒިލާލްއަށް ބޮޑެތި ތުހުމަތުތަކެއްކޮށް، އޭނާ ކޮމިޝަނަށް ދޮގު ބަޔާނެއް ދިން ކަމަށް ބުނެފައިވަނިކޮށް، އޭނާ މަގާމުން ވަކިކޮށްފި އެވެ.

Advertisement

ޔުމްނު ވެއްޓުނު ހާދިސާއާއި ގުޅިގެން ދާއޫދުގެ ކޮއްކޮ ގ. އެރިޔަދޫ، ރައުދު އަހްމަދު ޒިލާލް (21 އ) ވަނީ ކުރިން ފުލުހުންގެ ތަހުގީގަށް ބަންދުވެސްކޮށްފަ އެވެ. އަދި ދައުލަތުން މިހާރު ވަނީ ރައުދުގެ މައްޗަށް ދައުވާވެސް އުފުލާފަ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ ޔުމްނު ވެއްޓުނު ހާދިސާ ތަހުގީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ހާއްސަ ކޮމިޝަންގެ ރިޕޯޓް ތަންފީޒު ކުރުމުގެ ގޮތުން އަޅުއްވާ ފިޔަވަޅުތަކުގެ ތެރެއިން، ތަހުގީގަށް ދާއޫދު ދޮގު ބަޔާނެއް ދެއްވާފައިވާ ކަމަށް ކޮމިޝަންގެ ރިޕޯޓުގައި ފާހަގަކޮށްފައިވާތީ އޭނާ މަގާމުން ވަކިކުރައްވާފައިވާ ކަމަށެވެ.

ރިޔާސީ ކޮމިޝަނުން މިދިޔަ އަންގާރަ ދުވަހު އާންމުކުރި ތަހުގީގު ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ދާއޫދު އެ މައްސަލައިގެ ތަހުގީގުގައި ފުލުހުންނާއި އެ ކޮމިޝަނަށް ދީފައިވާ ބަޔާންތަކުގައި ތަފާތުތަކެއް ހުރުމާ އެކު، އޭނާ ދިނީ ދޮގު ބަޔާންތަކެއްކަން ވަނީ ފާހަގަވެފަ އެވެ.

ޔުމްނު ރަޝީދުގެ މައްސަލައިގައި ސަރުކާރުގެ އެއްވެސް އިސް ބޭފުޅަކަށް ހާދިސާއާ ގުޅޭގޮތުން މުއާމަލާތް ކޮށްފައިނުވާނެ ކަމަށް ބުނެ ރައުދުގެ އާއިލާއިން ތަހުގީގަށް ދޮގު ބަޔާން ދިންކަން ވެސް ވަނީ ހާމަވެފަ އެވެ.


ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved