March 11, 2026
Advertisement
ޕޮލިސް މައި އޮފީސް އިމާރާތް
ޕޮލިސް މައި އޮފީސް އިމާރާތް / ޕޮލިސް

ޔުމްނުގެ ބަޔާން އަދިވެސް ނުނެގޭ: ފުލުހުން

Mariyam Isaadha
މަރިޔަމް އިސާދާ
Aug 7, 2025, 02:10 AM
މާލެ ސިޓީ

އޭޕްރިލް މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދުގެ ބަޔާން އަދިވެސް މައްސަލާގެ ތަހުގީގަށް ނުނެގޭކަމަށް ފުލުހުން ހާމަކޮށްފިއެވެ.

Advertisement

ފުލުހުން މިކަން ހާމަކޮށްފައިވަނީ، ޔުމްނުގެ ބަޔާން ނެގުނުތޯ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދެމުންނެވެ.

ޔުމްނު ވެއްޓުނު ހާދިސާއަށް 4 މަސް ވެފައިވާއިރު، ފުލުހުން ބުނީ ޔުމްނުގެ ބަޔާން އަދި ނުނެގޭކަމަށެވެ. ނަމަވެސް ފުލުހުން ސަބަބު ހާމަކޮށްފައެއް ނުވެއެވެ.

މި މައްސަލަ ތަހުގީގުކުރަން ރައީސް މުހައްމަދު މުއިއްޒު އުފެއްދެވި ކޮމިޝަނުގެ ރިޕޯޓުގައިވާ ގޮތުން އެ ކޮމިޝަނުގެ ތަހުގީގަށް ޔުމްނުގެ ބަޔާން ނަގަން އާއިލާއިން އެއްބާރުލުން ނުލިބޭކަމަށް ބަޔާންކޮށްފައިވެއެވެ.

ނަމަވެސް ޔުމްނުގެ އާއިލާއިން އެކަން ދޮގުކޮށް ބުނެފައިވަނީ، ޔުމްނު އޭރު އޮތީ ބަޔާން ދެވޭ ހާލަތެއްގައި ނޫން ކަމަށެވެ.

މި މައްސަލާގައި ކޮމިޝަނުން އެކުލަވާލި ރިޕޯޓުގައި، ޔުމްނު ވައްޓާލި ކަމަށް ބެލެވޭ އެއްވެސް ހެއްކެއް ނެތް ކަމަށާއި ބުރަވެވެނީ ވެއްޓުނީ ކަމަށް ވަނީ ބުނެފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved