ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެކަމަށް ލަފާކޮށް ގައުމީ މޫސުމާއި ބެހޭ އިދާރާ (މެޓް އޮފީސް) އިން ހުދު ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން ކުރެއްވި ޓްވީޓެއްގައި ހާމަކޮށްފައިވާ ގޮތުން މި ސަމާލު ނެރެފައި މިވަނީ ކ އަތޮޅުން ފެށިގެން ދ އަތޮޅާއި ހަމައަށެވެ.
އެގޮތުން މެޓް އޮފީހުން ހާމަކޮށްފައިވާ ގޮތުން ހަވީރު 16:30 އިން ފެށިގެން ޜޭގަނޑު 22:30 އާއި ހަމައަށް ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް ލަފާކުރެވެއެވެ.
White Alert for heavy rain, thunderstorms, and strong winds with rough seas. pic.twitter.com/Vuu9o7jG4b
— Maldives Meteorology (@MetMaldives) February 16, 2024
މީގެ އިތުރުން އެ އިދާރާއިން ހާމަކޮށްފައިވާ ގޮތުން ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދު ބާރުމިނުގައި ވައި ޖެހި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ވެސް ލަފާކުރެވެއެވެ.
ހުދު ސަމާލު ނެރެފައިވާ އިރު ކަމާއި ބެހޭ އިދާރާތަކުން އަންނަނީ ދަތުރުކރުުމުގައި ސަމާލުވުމަށް އިލްތިމާސްކުރަމުންނެވެ.