ގެއްލިގެން ހޯދަމުންދާ ހަދިޖާ ޔަލްވީ / ޕޮލިސް މީޑިޔާ
ހަބަރު
މާލެއިން، ކުޑަ ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފި
Hanaan Naeem
ހަނާން އަހުމަދު ނަޢީމް
16 ފެބްރުއަރީ 2024
މާލެ ސިޓީ

މާލެއިން, އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދުމަށް ފުލުހުން އާއްމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.

ފުލުހުން މީސް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވާ ގޮތުން، ގެއްލިފައިވަނީ މ. އެނބޫމާގެއާގެ، ޚަދީޖާ ޔަލްވީއެވެ.

އެ ކުއްޖާ އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ ފެބުރުވަރީ 11 ވަނަ ދުވަހު ކަމަށާ އޭނާ ހޯދުމުގެ މަސައްކަތް އެ އިދާރާއިން މިހާރުވެސް ކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މީގެ އިތުރުން ފުލުހުން ބުނީ، ޚަދީޖާ ޔަލްވީ އެންމެ ފަހުން ވެފައިވަނީ ފެބުރުވަރީ 9 ވަނަ ދުވަހުގެ 20:00 ހާއިރު، އެ ކުއްޖާ ދިރިއުޅޭ ގެއިން ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވާ ކަމަށެވެ.

އަދި ޚަދީޖާ ޔަލްވީގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ނަމްބަރު 9790163 / 3000600 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް އެ އިދާރާއިން ވަނީ އެދިފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved