March 20, 2026
Advertisement
މޫސުން ގޯސް
މޫސުން ގޯސް / ޕޮލިސް

މުޅި ރާއްޖޭގެ މޫސުން ގޯސްވާނެ: މެޓު އޮފީސް

Hussain Nawaf
ހުސައިން ނަވާފް
Apr 28, 2025, 10:21 PM

މުޅި ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން މޯލްޑިވްސް މިޓިއޮެރޮލޮޖިކަލް ސާވިސަސް މެޓު އޮފީހުން ހާމަކޮށްފިއެވެ.

Advertisement



މެޓު އޮފީހުން ހާމަ ކުރާ ގޮތުގައި ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އަދި ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް އެއިދާރާއިން ބުނެއެވެ.



މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި، ރާޅުގެ އުސްމިނުގައި 3 ނުވަތަ 6 ފޫޓު ހުންނާނެ ކަމަށެވެ.

މިއަދުގެ ނިމުތު
މިއަދުގެ ނިމުތު

ކަނޑު ދަތުރު ކުރާ ފަރާތްތަކުން ހާދިސާއެއް ދިމާވެއްޖެ ނަމަ ލަސްނުކޮށް، އެމްއެންޑީއެފް ކޯސްޓް ގާޑްގެ ހިލޭ ގުޅޭ ނަންބަރު 191އަށް ގުޅައިގެން މަޢުލޫމަތު ހިއްސާ ކުރެއްވުމަށް އެމްއެންޑީއެފް އިންވެސް މީގެ ކުރިންވަނީ އިލްތިމާސް ކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved