theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ދުންފަތް އޮޅަން ބޭނުން ކުރާ އާލާތްތައް ވެސް މަނާ ކުރުން ހިމަނާ ދުންފަތް ބިލު މަޖިލީހަށް ހުށަހަޅައިފި / -
ހަބަރު
ދުންފަތް އޮޅަން ބޭނުން ކުރާ އާލާތްތައް ވެސް މަނާ ކުރުން ހިމަނާ ދުންފަތް ބިލު މަޖިލީހަށް ހުށަހަޅައިފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
29 އޭޕްރީލު 2025
މާލެ ސިޓީ

ޖެނެރޭޝަނަލް ބޭން ގެނައުމަށްޓަކައި ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ވޭޕާއި އީ-ސިނގިރޭޓު ބޭނުންކުރުން މިދިޔަ ޑިސެންބަރު 15 އިން ފެށިގެން ރާއްޖޭގައި ވަނީ އެއްކޮށް މަނާކޮށްފައެވެ.

ދުންފަތާ ދެކޮޅަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އެ ތަކެތީގެ އަގު ވަރަށް ބޮޑަށް ބޮޑުކޮށްފައިވާއިރު، ޖަނަވަރީ 1، 2007 އިން ފެށިގެން އުފަންވެފައިވާ ޖީލުގެ މީހުންނަށް ސިނގިރޭޓު މަނާކުރަން ވެސް ސަރުކާރުން ވަނީ ނިންމައިފަ އެވެ.

ރާއްޖޭގައި ވޭޕް މަނާކުރުމާ އެކު އެ ކަމަށް ބޭނުންކުރާ އާލަތްތައް ރާއްޖެ އެތެރެކުރުމާއި ވިޔަފާރިކުރުމާއި ހިލޭ ބެހުމާއި އަދި ބޭނުންކުރުމަކީ ވެސް މިހާރު ވެސް މަނާ ކަންކަމެވެ.

ސަރުކާރުގެ ފަރާތުން ކިނބިދޫ ދާއިރާގެ މެންބަރު އަލީ އަޝްރަގް މިއަދު ގާނޫނަށް އިސްލާހެއް ހުށަހެޅުއްވީ ޖަނަވަރީ އެކެއް، 2007 އިން ފެށިގެން އުފަންވާ ޖީލަށް ސިނގިރޭޓު މަނާކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ނިންމެވުން ތަންފީޒުކުރުމުގެ ގޮތުންނެވެ. މި އިސްލާހު ފާސްވުމާ އެކު ނޮވެންބަރު އެއްވަނަ ދުވަހުން ފެށިގެން އެ ޖީލަށް ސިނގިރޭޓު މަނާވާނެ އެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ސަރުކާރުން ގެންނަން މަސައްކަތް ކުރާ އިސްލާހުގައި ވަނީ ދުންފަތް އުފައްދަން ބޭނުން ކުރާ މެޝިނަރީ މަނާ ކުރަން ހުށަހަޅައިފަ އެވެ. ދުންފަތް އޮޅަން ބޭނުން ކުރާ އާލާތްތައް ވެސް މާނަކޮށްފައި ވަނީ އެފަދަ މެޝިނެއްގެ ގޮތުގަ އެވެ.

[ދުންފަތް އުފައްދަން ބޭނުން ކުރާ މެޝިނަރީގެ ތެރޭގައި] ދުންފަތުގެ އިސްތިއުމާލު ކުރުމަށްޓަކައި، ދުންފަތް އޮޅާ ކަރުދާހަށް ދުންފަތް އެޅުމަށްފަހު އެ އޮޅައި، ސިނގިރޭޓު ނުވަތަ ބިޑިއެއް ނުވަތަ އެފަދަ އެއްޗެއްގެ ސިފައިގައި ބަންދުކޮށް ޕެކް ކުރާ މެޝިނަރީ ވެސް ހިމެނޭ،

- މަޖިލީހަށް ހުށަހަޅާފައި އޮތް ބިލުގައި ބުނެފައިވެ އެވެ.

ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުމަށްޓަކައި "ޖެނެރޭޝަނަލް ބޭން" އެއް ގެނައުމަށް ރައީސް މުހައްމަދު މުއިއްޒު ނިންމެވިއިރު، މި ބިލު ގާނޫނަކަށް ވުމުން އެއަށް އަމަލު ކުރަން 6 މަސް ދުވަހުގެ މުއްދަތެއް ލިބޭނެ އެވެ.

އެހެންކަމުން މި ބިލަށް އަމަލު ކުރަން ފެށުމަށް ސަރުކާރުން ނިންމާފައިވަނީ މިއަހަރުގެ ނޮވެންބަރު މަހުން ފެށިގެންނެވެ.

މި ސަރުކާރުން ދުންފަތާ ދެކޮޅަށް ދަނީ ބޮޑެތި ނިންމުންތަކެއް ނިންމަމުންނެވެ. ރާއްޖެއަށް ވޭޕް އެތެރެކުރުމާއި ބޭނުންކުރުމުން މަނާކޮށް، ދުންފަތާއި ސިނގިރޭޓުން ނަގާ ޓެކްސް އިތުރަށް ބޮޑުކޮށްފައި ވެސް ވެ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved